އޭދަފުށީގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި

32169913_2352491841444019_2695675144604483584_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުން- ފޮޓޯ / ބ.އަތޮޅު ތައުލީމީ މަރުކަޒު

ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަސް އޭދަފުށީގައި ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހެވެ.

މި މުނާސަބަތާ ގުޅިގެން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ވަނީ ކުޅިވަރުގެ ތަފާތު ހަރަކާތްތަކެއް މުޅި ސްކޫލް ބައިވެރިވާ ގޮތަށް ބާއްވާފައެވެ. އެގޮތުންް މުނިފޫހި ފިލުވުމުގެ ހަރަކާތްތަކަކާއެކު އެސްކޫލްގެ ގްރޭޑް 1އިން ފެށިގެން 7 އާ ދެމެދުގެ ދަރިވަރުން ވަނީ އެކުދިންގެ ހުނަރު ދައްކާލުމުގެ ގޮތުން ނެށުމެއް ހުށަހަޅާދިނުމާ ގްރޭޑް 8 އިން 12 އާދެމެދުގެ ދަރިވަރުން ސްޓޯލްތަކުގައި ފޭސް ޕެއިންޓްކުރުމާ ބިރުވެރި ހޮހޮޅައާއި މި ނޫންވެސް ދުވަހާގުޅޭ ތަފާތު ކުޅިވަރުތައް ހިމެނެއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އަތޮޅުގެ އެހެން ސްކޫލްތަކުންވެސް ކުޑަކުދިންގެ ދުވަސް ވަނީ ކުލަގަދަ ކޮށް ފާހަގަ ކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top