ހިތާދުއަށް ވެސް އާ ޖެނެރޭޓަރެއް ގެންގޮސްފި

IMG-e1bdd6215393c82994dc26947269b109-V-750x375.jpg

ބ.ހިތާދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ފެނަކައިން އެރަށަށް 400 ކިލޯވޯޓުގެ ޖެނެރޭޓަރެއް ގެންގޮސްފި އެވެ.

ފެނަކައިން ހިތާދުއަށް ޖެނެރޭޓަރެއް ގެނެސްފައިވާ އިރު ދާދި ފަހުން ބ. މާޅޮހަށާއި ފުޅަދުއަށްވެސް ފެނަކައިންވަނީ އެރަށަރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދިނުމުގެ ގޮތުން ޖެނެރޭޓަރު ފޮނުވާފައެވެ.

ފެނަކައިން ބުނީ އަލަށް ލިބުނު 400 ކިލޯވޯޓުގެ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވަނީ ބ. ހިތާދޫގައި އަލަށް އިމާރަތް ކުރަމުންދާ އިންޖީނުގޭގައި ކަމަށެވެ.

އަދި މިދިޔަ އަހަރުން ފެށިގެން ހިތާދުއަށް ކަރަންޓުގެ މައްސަލަ ދިމާވަމުން އަންނަކަމަށާ އެހެންނަމަވެސް މިދިޔަ އަހަރު މެދެއްހާ ހިސާބުގައި ފެނަކައިން ފޮނުވި 400 ކިލޯވޯޓުގެ ޖަނަރޭޓަރުގެ ސަބަބުން ކަރަންޓުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވި ކަމަށް ފެނަކައިން މައުލޫމާތު ދެއްވި އެވެ.

ހިތާދުއަށް ގެންދެވުނު މި ޖެނެރޭޓަރު އިންސްޓޯލް ކޮށް ހިންގަން ފެށުމުން އެރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުވެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ހިދުމަތް ދެވިގެންދާނެކަމަށް ފެނަކައިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top