އޭދަފުށީގެ މަގުތަކުގައި ތާރުއަޅައިފި.

IMG_20200813_110501899.jpg

އޭދަފުށީގެ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ.

އޭދަފުށީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ފަށާފައިވާ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީ އިން މިއަދު ބުނެފި އެވެ.

އެމްޓީސީސީ އިން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ އޭދަފުށީ ސައިޓްގެ ކޯޑިނޭޓަރު އިބްރާހީމް އަޒީމް މަގުހެދުމުގެ މަސައްކަތާބެހޭ ގޮތުން އީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުރިހާ މަގެއްގައި މިހާރު ތާރު އަަޅައި ނިމިއްޖެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފެން ހިންދުމަށްޓަކައި ޕަމްޕު ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ތާރު އެޅުމަށްފަހު ދެން ނިންމަންޖެހޭ ކުދިކުދި މަސައްކަތް ކަމުގައެވެ.

“ތާރު އަޅަންޖެހޭ ހުރިހާ މަގެއްގައި ތާރު އަޅައި ނިމިއްޖެ. އެމަސައްކަތް ނިންމުމަށްފަހު މިހާރުވަނީ ބައެއް މަގުތަކުގައި ވަށް ލޯވަޅުތަކެއް އަޅައިގެން ތާރުގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް މާލެ ފޮނުވާފައި.” އަޒީމް ވިދާޅުވިއެވެ.

ބައެއް ފަރާތްތަކަށް އަރާފައިވާ އޮޅުމެއް ސާފުކޮށް ދެއްވުމުގެ ގޮތުން އޭނާ ވިދާޅުވީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިރުމަތީފަރާތުގައިވާ މަގު ހަދަމުން މިވަގުތު ގެންދިޔަ ނަމަވެސް އެއީ މި ޕްރޮޖެކްޓްގެ ބައެއް ނޫން ކަމަށެވެ.

އޭދަފުށީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމުގެ މަޝްރޫއު ފަށާފައިވަނިީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ. އެ ސަރުކާރު ބަދަލުވި އިރު މި މަޝްރޫއުގެ ދަށުން ހަދަން ނިންމާފައިވާ 17 މަގުގެ މަސައްކަތުގެ ތެރެއިން 15 މަގުގެ މަސައްކަތް ވަނީ ދެފަރާތުގައި ޕޭމަންޓްހަދައި ތާރު އަޅަން ފެށުމަށް ކުރަން ޖެހޭ މަސައްކަތާ ހަމައަށް ނިންމާފައެވެ.

މި މަސައްކަތް ހުޢްޓިފައި ދިގު މެދުކެނޑުމެއް ވޭތުވެދިޔަ ފަހުން މިސަރުކާރުން އަލުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 8 މަސްދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް 2019 ވަނަ އަހަރު އެޕްރީލް މަހުއެވެ.

38.3 މިލިއަން ރުފިޔާގެ މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުވެ އޭރު އެމްޓީސީސީ އިން ވެސް ބުނީ ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިންމާނޭ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 22،942 ސްކުއެއާ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top