ކޮވިޑްއާއި ގުޅިގެން ހުކުުރު ޚުތުބާ ކުރުކުރަން ނިންމައިފި

DSCN9428-800x468-800x468.jpg

ކޮވިޑް-19އާއި ގުޅިގެން ރައްކާތެރިކަމަުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރު ޚުތުބާ ކުރުކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހިނގާ ފެބްރުވަރީ މަހުގެ 19 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ޚުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ.

ކޮވިޑް-19 މާލޭގައި އެންމެ ގަދައަށް ފެތުރެން ފެށިއިރު، މާލޭގެ މިސްކިތުގައި ހުކުރު ހުތުބާ ވަނީ ކުރުކޮށްފަ އެވެ. އެކަމަކު ރަށްރަށަށް މި ބަދަލު ގެނައީ، މާލޭގެ އިތުރުން އެހެން ބޮޑެތި ރަށްރަށުގައި ވެސް ކޮވިޑް ފެތުރެން ފެށުމާއެކު އެވެ.

ބަލީގެ ހާލަތު ގޯސްވާތީ އަނެއްކާ ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. މިވަގުތު މާލެ ސިޓީގެ އިތުރުން ފުވައްމަލަކު ސިޓީ އާއި އައްޑޫ ސިޓީގައި ވެސް ކާފިއު ވަނީ އިއުލާނު ކޮށްފަ އެވެ. އައްޑޫ އަދި ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top