ރިސޯޓް މުވައްޒަފުން ކަނޑުމަތީގައި މުޒާހަރާ ކޮށްފި

big_2L8kkSrKqVBrmQKWDXTITx8VK.jpg

ރިސޯޓެއްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ތަކެއް މުޒާހަރާއެއްގައި - ފޮޓޯ :ޓީމް

މުސާރައިގެ އެންމެ ދަށްމިންވަރު ކަނޑައަލައިދިނުމަށާއި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި ބ. އަތޮޅު ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް ކަނޑު މަތީގައި މުޒާހަރާ ކޮށްފިއެވެ.

ބ. އަތޮޅު ރިސޯޓް މުއައްޒަފުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގުޅިގެން ކަނޑުމަތީގައި ބޭއްވި މި މުޒާހަރާ ފަށާފައިވަނީ ބ.ދިގުރަށުގެ އެއްގަމުން މިއަދު މެންދުރުފަހު 1:30 ގައެވެ.މުޒާހަރާ ނިންމާލާފައިވަނީ ހަވީރު 4:30 ގައެވެ.

ޓީމްގެ ނައިބް ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ، މުޒާހަރާ ކުރުމުގެ ބޭނުމަކީ އެއްވެސް ސަރުކާރަކުން މިހާތަނަށް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިނުވާތީ އެކަންކަން ސަރުކާރަށް އަޑު އިއްވުމުގެ ގޮތުން ކަމަށެވެ.

“މަސައްކަތްތެރިންގެ ހައްގާއި މިނިމަމް ވޭޖް ކަނޑައަޅައިދިނުމަށް ކޮންމެ ސަރުކާރަކުންވެސް ވައުދުވޭ، އެކަމަކު މިއަދާ ހަމައަށްވެސް އެއްވެސް ސަރުކާރަކުން އެކަން ކޮށްފައެއްނުވޭ، މިއީ ކަނޑުފެތިގެން ކުރާ މުޒާހަރާއެއް، ހަގީގަތުގައި އަޅުގަނޑުމެން މިތިބީ ކަނޑުފެތިފަ، އެހެންވެ އެއަޑު އިއްވަން ކަނޑުފެތިގެން މި މުޒާހަރާ ކުރަނީ،” ސޯދިގު ވިދާޅުވި އެވެ.

ސޯދިގު ވިދާޅުވީ، އިހުތިޖާޖުގައި ހަ ރިސޯޓަކުން 80 އަށްވުރެ ގިނަ ސްޓާފުން ބައިވެރިވެފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top