”ލޮބީން ފުޓްސަލް ފިއެސްޓާ 2020“: އެފްސީ ސަޑަންލީ ކޮޅަށް އިރުމަތީ ލަވާސް 9 ލަނޑު ޖެހި .

118889433_1043998639350800_3223887648737515789_n.jpg

އޭދަފުށީގައި މިހާރު ފޯރިއާއެކު ކުޅެމުންދާ “ލޮބީން ފުޓްސަލް ފިއެސްޓާ 2020” ގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކުރި އެފްސީ ސަޑަންލީއާއި އިރުމަތި ލަވާސް ގެ މެޗުގައި އިރުމަތީ ލަވާސް އިން އިދިކޮޅުގެ ގޯލަށް 9 ލަނޑު ޖަހައި ކުޅިބެލުންތެރިން ހައިރާން ކޮށްލުވައިފިއެވެ.

މި މެޗުގައި އިރުމަތީ ލަވާސް ގެ ކުޅުންތެރިންގެ ތެރެއިން ފަސްޓް ޑިވިރަންގައި ކުޅެފައިވާ ފާއްޓޭއާއި ސެންޓޭ އާއި އިޝާންގެ މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔައެވެ.

މިމެޗުގައި ފާއްޓޭ ވަނީ 4ލަނޑު ޖަހާފައެވެ. އަދި އިޝާން 2 ލަނޑު، މުހައްމަދު ހިޝާން 1 ލަނޑު، އަހުމަދު ތަސްނީފް 1 ލަނޑު ،އަބްދުﷲ ޒައީމް ވަނީ 1 ލަނޑު ޖަހާފައެވެ.

އެފްސީ ސަޑަންލީ އިން ހަމައެކަނި ޖެހި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައެވެ. އެލަނޑު ޓީމަށް ޖަހައިދިނީ މުހައްމަދު ޒާހު އެވެ. މޭން އޮފް ދަ މެޗަކަށް ހޮވާފައިވަނީ އިރުމަތީ ލަވާސް އަށް 4 ލަނޑު ޖަހައިދިން މުހައްމަދު ފާސިރެވެ.

އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރީ ހުސްސޮނގުން ލެޖެންޑްސް އާއި ވެލާސިޓީ އެވެ. މިމެޗު 8-2 އިން ކާމިޔާބު ކުރީ ވެލާ ސިޓިއެވެ.

މެޗުގައި ވެލާ ސިޓީއިން ވަނީ މޮޅު ފުޓްސަލްގެ ގޭމެއް ދައްކައިދީފަ އެވެ. ރީތި ކުޅުމަކާއެކު ޓީމުގައި ފާހަގަ ކުރެވުނު މޮޅު ކުޅުންތެރިންގެ ތެރޭގައި ޝާހީ މޫސާ، އިސްމާއީލް ޝަރީފް، އަހުމަދު އަޝްރަފް ހިމެނެއެވެ.

ވެލާ ސިޓީން ޖެހި 8 ލަނޑުގެތެރއިން 5 ލަނޑު ކާމިޔާބު ކޮށްފައިވަނީ އަހުމަދު އަޝްރަފެވެ. އިތުރު ލަނޑުތައް ޖެހީ ޝާހީމުސާއާއި އިބްރާހީމް ޝަރީފާއި ހުސެން ޝަރީފެވެ.

މެޗުގެ މޭން އޮފްދަ މެޗަކީ ވެލާސިޓީގެ ޖާޒީ ނަންބަރު 7 އަހުމަދު އަޝްރަފެވެ.

މި މުބާރާތުގައި މިއަދު ހަވީރު 2 މެޗު އަދި މިރޭވެސް 1 މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ވާދަކުރަނީ މޮންސްޓާސް އާއި ކައްކަން އެވެ. ދެވަނަ މެޗުގައި ވީ ވެލާ އާއި ދެކޮޅަށް ނުކުންނާނީ އެފްސީ ސަޑަންލީއެވެ. މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހުސްސޮނގުން އެފްޓީއާއި ހުސްސޮނގުން ލެޖެންޑްސް އެވެ.

މި ހުރިހާ މެޗެއްވެސް ވެލާ ސްޕޯޓްސް ކްލަބްގެ ފޭސް ބުކް ޕޭޖުން ލައިވް ކުރާނެކަމަށް ވެލާސްޕޯޓްސް އިން މައުލޫމާތޫ ދެއެވެ.

ކުޅި ބަލަން ވަޑައިގަންނަވާ ބޭފުޅުން ގައިދުރުކަން ބެހެއްޓުމާއެކު މާސްކް އަޅުއްވައިގެން ތިއްބެވުމަކި މުބާރާތް އިންތިޒާމް ކުރި ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިއީ އޭދަފުށީ ކައުންސިލްގެވެސް އިލްތިމާސެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ލޮބީން އެވެ. ކޯ ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ. ސްޕޯޓްސް ޕާޓްނަރަކި ލަމްްޕޯ އެމް.ވީއެވެ. ޓެކްނިކަލް ޕާޓްނަރަކީ އަފްރޯ ސާވިސް ސެންޓަރެވެ. އަދި ކޭޓްރިން ޕާޓްނަރަކީ ބެއްލަވިސްތާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top