އިއްޔެއާމިއަދު ބ.އަތޮޅުގެ ތިންރަށުގައި އެސްޓީއޯގެ ބޭސްފިހާރަ ހުޅުވައިފި

އެސްޓީއޯ ކިހާދޫ ފާމަސީ

އެސްޓީއޯ ކިހާދޫ ފާމަސީ

މީހުން ދިރިއުޅޭ ރަށްރަށުގައި ބޭސްފިހާރަ ހުޅުވުމަށް އެސްޓީއޯއިން ކުރިޔަށްގެންދާ މަޝްރޫއުގެދަށުން ބ. އަތޮޅު ތިންރަށެއްގައި އަލަށް ބޭސްފިހާރަ ހުޅުވައިފިއެވެ.

މިމަޝްރޫއުގެ ދަށުން އިއްޔެއާ، މިއަދު ބ. އަތޮޅުގައި ބޭސްފިހާރަ ހުޅުވި ތިންރަށަކީ ކިހާދޫއާ، ދޮންފަނުގެ އިތުރުން ފުޅަދޫއެވެ. މިތިންރަށުގައި ބޭސްފިހާރަ ހުޅުވުމާއެކު ބ. އަތޮޅުގެ މީހުންދިރިއުޅޭ ރަށްރަށުގެ ތެރެއިން އެއްރަށް ފިޔަވައި ހުރިހާ ރަށެއްގައި ބޭސްފިހާރައިގެ ހިދްމަތް ދޭންފަށާފައިވާކަމަށް އެސްޓިއޯއިން ބުނެއެވެ.

އެސްޓީއޯ ދޮންފަނު ފާމަސީ

އެސްޓީއޯ ދޮންފަނު ފާމަސީ

އެސްޓީއޯއިން ބުނީ ބޭސްފިހާރަ ނުހުޅުވާ ބ. އަތޮޅުގައި މިހާރު އޮތީ ފެހެންދޫ އެކަނި ކަމަށާ އެރަށުގައިވެސް ބޭސްފިހާރަ ހުޅުވަން މަސައްކަތް ކުރަމުންދާކަމުގައެވެ.

އެސްޓީއޯއިން ބުނީ މިރަށްރަށަށް ބޭނުންވާ ބޭސް އޭދަފުށީގައި ހުންނަ އެކުންފުނީގެ ބޭސްފިހާރަ މެދުވެރިކޮށް ހުސްނުވެ ފޮނުވުމަށް މަސައްކަތް ކުރަމުންދާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top