މި އަހަރުގެ ބޮޑު އީދު، ފެން އީދެއް؟!

ވަލި-އީދު-2.jpg

ބޮޑު އީދުތެރޭގައި އޭދަފުށީގެ މަގެއް--އީވީ ފައިލް ފޮޓޯ

މި އަހަރުގެ ބޮޑުއީދު ދުވަސް ތައް ފެން އީދަކަށް ވެގެން ހިނގައިދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އޮގަސްޓް މަހަކީ އާއްމުކޮށް ރާއްޖެއަށް ވިއްސާރަކުރާ މަހެއްކަމަށާއި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މެދު ރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް އަންނަ އާދިއްތައާއި ހޯމަ ދުވަހު ބޯކޮށް ވިއްސާރަ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބޮޑު އީދު ފެށެނީ އަންނަ އާދިއްތަ ދުވަހު އެވެ.

ބޮޑު އީދު ދުވަސްވަރު 10-18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ބެލެވޭ ކަމަށާ އެހެން ނަމަވެސް ވިލާ ގަނޑުގައި ވައިގަދަވާނެ ވަރު އަދި ލަފާކުރަން ނޭނގޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

”ވިލާގަނޑުގައި ވައިގަދަވާނެ ވަރު އެނގޭނީ ބޮޑު އީދުގެ އެއްދުވަސް ނުވަތަ ދެ ދުވަސް ވަރު ކުރިން. ފަހަރެއްގައި 40-45 އާ ދެމެދުވެސް ވިލާގަނޑުގައި ވައި ގަދަވެދާނެ،”  ”ސަން”އަށް މައުލޫމާތު ދެއްވަމުން  މެޓް އޮފީހުން ވިދާޅުވި އެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top