ސައުދީއަށް އާދަޔާ ޚިލާފަށް ފިނި. މޫސުމަށް ސަމާލުވުމަށް އަންގައިފި

img_md_202512300953321767070412.5783.png

ސައުދީ އަރަބިއާއަށް މިދުވަސްކޮޅު އާދަޔާ ހިލާފަށް ފިނިހޫނުމިން ދަށްކަކަމަށް ވާތީ މޫސުމަށް ސަމާލުވެގެން އުޅުމަށް އެ ގައުމުގެ މީޓިއޮރޮލިޖީ ޑިޕާޓްމެންޓުން އަންގައިފިއެވެ.

މި ހަފްތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު އެ ގައުމަށް ފިނި ވައެއް އަރާނެ ކަމަށް ލަފާ ކުރެވިފައިވާއިރު އެކި ސަރަހައްދުތަކުގައި ފިނިހޫނުމިން ނެގަޓިވްއަށް ދާނެ ކަމަށް ލަފާ ކުރެވެއެވެ.

މިއީ މި ފިނި މޫސުމުގައި އެ ގައުމަށް އަރާ ތިންވަނަ ފިނި ވައެވެ. މި ފިނި ވައި އެންމެ ފުރަތަމަ އެރީ މި މަހުގެ މެދު ތެރޭގައެވެ. އެ ދުވަސްކޮޅު ސައުދީގެ ފިނިހޫނުމިން ވަނީ ވަރަށް ބޮޑަށް ދަށްވެ, ސުނޯ ވެސް ވެހިފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ވަނީ, ރޭގަނޑާއި ފަތިހުގެ ވަގުތުގައި އާއްމުން ބޭރަށް ނިކުތުމުގައި ސަމާލުވުމަށް އަންގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top