ދ. ކުޑަހުވަދޫ ބިންހިއްކަން ފަށައިފި

0_1322966078fullscreen_capture_1242011_72813_am_news.jpg

ދ. ކުޑަހުވަދޫ ބިންހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް ވިދާޅުވީ ކުޑަހުވަދޫ ބިން ހިއްކުމުގެ މަަސައްކަތް އިއްޔެ ފެށި ނަމަވެސް އެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރުން މިމަހުގެ 12 ވަނަ ދުވަހު ބާއްވާނެ ކަމަށެެވެ. އަދި އެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަށް ދައުވަތު ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ކުޑަހުވަދޫ ބިންހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިން ކަމަށާއި އެރަށުން ހިއްކާނީ 65 ހެކްޓަރުގެ ބިން ކަމަށެވެ.

“ބިން ހިއްކުމުގެ މަސައްކަތް 45 ދުވަސް ނޫނީ އެއް މަސް ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ބޮސްކާލިސް ކުންފުނިން މައުލޫމާތު ދީފައިވަނީ،” ޒަމީރު ވިދާޅުވި އެވެ.

ކުޑަހުވަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް އެރަށުން ގޯތި ދޫކުރެވޭނެ އިތުރު ބިމެއް މިހާރު ނެތެވެ. ކުޑަހުވަދޫގައި 3000 މީހުން ދިރިއުޅޭއިރު އެރަށުގެ މިހާރުގެ ބޮޑު މިނަކީ 64.7 ހެކްޓަރު ބިމެވެ. ދ. ވާނީ މީހުން ވަނީ ކުޑަހުވަދޫއަށް ބަދަލުކޮށްފަ އެވެ.

ސަރުކާރުން ކުރިޔަށްގެންދާ ބިންހިއްކުމާ، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މިއަހަރުވަނީ ބ. އޭދަފުއްޓާ، ކ. ތުލުސްދޫ އަދި ދ. މީދޫގެ ބިން މިދިޔަ 2 މަސްދުވަހުގެތެރޭގައި ހިއްކާފައެވެ. 500 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަގަކަށް ބޮސްކާލިސްއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މިޕްރޮޖެކްޓްގެ ދަށުން ކުޑަހުވަދޫ ބިންހިއްކަން ފެށިއިރު، އަނެއް ތިންރަށުގެ ރިވެޓްމަންޓް ޖެހުމާ، ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ބޮސްކާލިސް އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top