ހައްޖަށް ދާން ޕެންޝަން ފަންޑުން %80 ނެގޭ ގޮތަށް ފާސްކުރިބިލް، ތަސްދީގު ކުރައްވައިފި

b_ye3UjT1z3BsN5NBpHzJGZqYjf.jpg

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު --ފޮޓޯ : ރައީސް އޮފީސް

ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކުރި ބިލެކެވެ. އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު ފަރުޟް ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުން އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 80 އިންސައްތަ ދޫކުރެވޭގޮތަށް ހަމަޖެހިގެންދާނެއެވެ.

ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top