ސެމީގެ ދެވަނަމެޗް އަމިއްލަފުށި ކާމިޔާބުކޮށްފި

DSCN0308.jpg

އަމިއްލަފުއްޓާއި ރޯޔަލް ކުޅުނު މެޗުގެ ތެރެއިން --އީވީފޮޓޯ

ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމިފައިނަލްގެ ދެވަނަ މެޗުގައި ރޯޔަލް އައިލެންޑް ރިސޯޓް، 1-3 އިން ބަލިކޮށް އަމިއްލަފުށި ކާމިޔާބު ކޮށްފިއެވެ. މި މެޗު އަމިއްލަފުށި ކާމިޔާބު ކުރުމުން ތިންވަނަ ސެމީ ފައިނަލުގައި އަމިއްލަފުށި ވާދަކުރަންޖެހޭނީ ސެމީއަށް ގޮސްފައިވާ އަނަންތަރާ އާއެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހާފައިވަނީ އަމިއްލަފުށީގެ ހުސައިން ފައިސަލް އެވެ. 31 ވަނަ މިނިޓްގައި އެޓީމުގެ މުހައްމަދު ހާފިޒު ވަނީ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފްގައި ރޯޔަލް އަށް ސުން ކަނޑުވައިލުމުގެ ޗާންސެއްވެސް ނުދީ އަމިއްލަފުށީގެ ތިންވަނަ ލަނޑު މެޗުގެ 46ވަނަ މިނިޓުގައި ޖަހައިދިނީ މިއަދުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަބްދުއް ސަމީއު ޚަލީލެވެ.

ދެވަނަ ހާފުގައި ރޯޔަލްގެ ކުޅުން ރަނގަޅު ކުރިއެވެ. އެހެންނަމަވެސް ޓީމުގެ އަމިއްލަ ބާރުގައި ލަނޑެއް ނުޖެހި އުޅެނިކޮށް ރޯޔަލް ޓީމަށް ލަނޑެއް ކާމިޔާބު ކުރެވުނީ އަމިއްލަފުށީގެ ކުޅުންތެރިޔަކު އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

އަންނަތަރާ އާއި އަމިއްލަފުށި ކުޅޭ ތިންވަނަ ސެމީފައިނަލް އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު 4:00ގަ އެވެ.

މި މުބާރާތުގެ ތިންވަނަ ސެމީ ފައިނަލްގައި އަނަންތަރާ އާއި އަމިއްލަފުށި ކުޅޭ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު އެދަުށީ ޓާފް ދަނޑުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top