އެމްއައިބީގެ ހިއްސާ، މާދަމާ އޭދަފުށީގައި ވިއްކަން ފަށާނެ

DSCN0301.jpg

އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގ. އެމްއައިބީ ގެ ހިއްސާ ވިއްކުން އޮންނާނީ މި އިމާރާތުގެ ކުރިމަތީގައި --ފޮޓޯ :އީވީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ މާދާމާއިން ފެށިގެން އޭދަފުށީގައި ވިއްކަމުން ގެންދާނެކަމަށް އޭދަފުށި ކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވަނީ މިކަން ޔަގީން ކޮށްދެއްވާފައެވެ.

ތޮލާލު ވިދާޅުވީ ހިއްސާވިއްކުމާ ބެހޭ ތައްޔާރީތައް ވުމުގެ ގޮތުން އެމްއައިބީގެ ޓީމެއް މިހާރު އޭދަފުށީގައި ހަރަކާތްތެރިވަމުން އެބަ ދާކަމަށެވެ.

މާދަމާއިން ފެށިގެން އެމްއައިބީގެ ހިއްސާ ވިއްކުން އޭދަފުށީގެ މަލްޓިޕާޕަސް އިމާރާތުގެ ކުރިމަތީގައި ކުރިއަށް ދާއިރު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިހަރަކާތް ކުރިއަށް ދާނެއެވެ. ހިއްސާ ވިއްކުމަށް ހަމަޖެހިފައިވާ ގަޑިއަކި ހެނދުނު 9:00 އިން މެންދުރުފަހު 2:00އަށެވެ.

އެމްއައިބީގެ ހިއްސާ އާއްމުކޮށް ވިއްކަން ފަށާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ހިއްސާއެއް 35ރ. ގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވެ އެވެ. ކޮންމެ މީހަކަށް ވެސް މަދުވެގެން ގަނެވޭނީ 20 ހިއްސާ އެވެ. އެއީ 700 ރުފިޔާގެ ހިއްސާ އެވެ. ހިއްސާގެ އަދަދު އިތުރުކުރާ ނަމަ އިތުރު ކުރެވޭނީ 10 ހިއްސާގެ ރޭޓުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top