ސޮނެވާ، ފައިނަލަށް

DSCN0269.jpg

ސޮނެވާއާއި އަނަންތަރާ ވާދަކުރި މެޗް -- އީވީ ފޮޓޯ /ޝާހިރު

ލެވިސްތާ އިންޓަރ ރިސޯޓު ފުޓްބޯލް މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ސޮނެވާ ޓީމް 1-2 އިން އަނަންތަރާ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އަނަންތަރާ ޓީމުންނެވެ. މެޗްގެ 18ވަނަ މިނިޓުގައި އެޓީމްގެ ހުމޭދު ކާމިޔާބު ކޮށްދިން މި ލަނޑާއެކު އަނަންތަރާއަށް ލީޑުގައި އޮވެވުނީ އެންމެ 10 މިނިޓު ވަންދެންނެވެ. މެޗުގެ 28 ވަނަ މިނިޓުގައި ސޮނެވާޓީމްގެ އަބްދުލްމަޖީދު ވަނީ ލަނޑެއް ޖަހައި ނަތިޖާ ހަމަހަމަކޮށްފައެވެ. ސޮނެވާގެ ދެވަނަ ލަނޑު، ޖަހާފައިވަނީ އެޓީމަށް ލިބުނު ކޯނަރަކުން ބޮލުން ޖަހައި މެޗްގެ މޮޅު ކުޅުންތެރިޔާ ގެ މަގާމުވެސް ހޯދި އާދަމް ނިޒާމް (ކިތުނާ ) އެވެ.

ދެވަނަ ހާފުގައި އަނަންތަރާ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް ސޮނެވާ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއްލިބި ބޭކާރުވެގެން ދިޔައެވެ

އޭދަފުށީ ވެލާ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން އޭދަފުށީގައި ކުރިއަށް ގެންދާ މި މުބާރާތުގައި މާދަމާ ކުޅޭނީ ސެމީގެ ދެވަނަ މެޗެވެ. ރޯޔަލް އާއި އަމިއްލަފުށި ބައްދަލު ކުރާ މި މެޗުގެ ކުޅުން އޮންނާނީ ހަވީރު 4:15 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top