ބަންގާޅު ލުނބޯ. ދިވެހި ރަހައަކަށް ނުވި

whatsapp-image-2022-04-03-at-143007.jpeg

ބަންގާޅު ލުނބޯ -- ފޮޓޯ ވަގުތު

ރާއްޖެ އަށް ލުނބޯ ނުގެނެވި ބާޒާރުގައި ލުނބޯގެ އަގު އުފުލުމުން ބަންގާޅުން އެތެރެ ކުރި ތިން ވައްތަރުގެ ލުނބޯ ވެސް ދިވެހި ރަހައަކަށް ނުވާތީ އިތުރަށް ނުގެންނާނެ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

މާލޭގެ ބާޒާރުގައި ލުނބޯ ލިބުން ދަތިވެ އަގު އަރައިގެން ދިއުމުން ވިޔަފާރިވެރިންވަނީ ބަންގާޅުން ލުނބޯ އެތެރެކޮށް ވިއްކަމުންދާ އިރު އެ ގައުމުން ލުނބޯ ގެނައީ މަދު އަދަދަކަށް ކަމަށް ވެއެވެ.

ބަންގާޅު ލުނބޯގެ ތެރޭގައި ހިމެނޭ އެއް ވައްތަރަކީ ވަރަށް ބޮޑުކޮށް ހުންނަ ލުނބޯއެކެވެ. މި ވައްތަރުގެ ލުނބޯއެއް ވިއްކަނީ ކިލޯއެއް 150ރ. އަށެވެ.

ދެން ހިމެނެނީ ހިމަކޮށް ދިގުކޮށް ހުންނަ ވައްތަރެއްގެ ލުނބޯއެކެވެ. މި ވައްތަރގެ ލުނބޯ ވިއްކަނީ 110ރ. އާއި 140ރ. އާ ދެމެދުއެވެ.

މީގެ އިތުރުން ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ ވައްތަރެއްގެ ލުނބޯއެއް ވެސް ބަންގަލަދޭޝްއިން ގެނެސްގެން ދަނީ ވިއްކަމުންނެވެ.

ރާއްޖޭގައި ބޭނުންކުރަމުން އަންނަ ވިއެޓްނާމު ލުނބޯ ނުލިބުމުން ވިޔަފާރިވެރިން ދެން ލުނބޯ ގެނައީ އިންޑިއާ އާއި ސްރީލަންކާ އިންނެވެ. ނަމަވެސް އެއާ ފްރައިޓްކޮށް މި ދެ ގައުމުން ލުނބޯ ގެންނަން ހަރަދު ބޮޑު ކަމަަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ބާޒާރުގައި އިއްޔެ ލުނބޯ ކިލޯއެއް 140ރ. އިން މައްޗަށް އެރި ނަަމަވެސް މިއަދު އުޅެނީ ކިލޯއެއް 110ރ. އާއި 120ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.

ލުނބޯ ކިލޯއެއްގެ އަގު 120ރ. އަށް އަރާފައިވާ އިރު ބާޒާރުގައި އާއްމުކޮށް ވިއްކާ ވިއެޓްނާމުން ގެނައި ލުނބޯ މިއަދު ބާޒާރަށް ނެރޭވޭނެ ކަމަށާއި އޭރުން އޭގެ އަގު ތިރި ވާނެ ވިޔަފާރިވެރިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top