އަންނަ ހޯމަދުވަސް ސަރުކާރު ބަންދުވާނެ

219821_3_4edc78db319aa573a28cb0849bf50dde75b468de_large.jpg

ރައީސް އޮފީސް

އަންނަ ހޯމަދުވަހަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސް ކަމަށް ވާތީ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އެކަން އެގޮތަށް ހަމަޖެއްސެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީންނެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި އަހަރަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top