ބ.އަތޮޅު ޤުރްއާން މުބާރާތުން 1ވަނަ ތުޅާދޫ

DSC_1417.jpg

އޮކްޓޫބަރު 2022--ބ.އަަތޮޅު ޤުރްއާން މުބާރާތުން އެއްވަނަ ހޯދި ތުޅާދޫ ކައުންސިލަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު، ޓްރޮފީ ހަވާލުކުރައްވަނީ

ބ.އަތޮޅު ކައުންސިލުުން އިންތިޒާމް ކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި ބ.އަތޮޅު ޤުރުއާން މުބާރާތުގެ 1 ވަނަ ބ.ތުޅާދޫ ކައުންސިލުން ހޯދައިފިއެވެ.

މިމުބާރާތުން ތުޅާދޫ ކައުންސިލު އެއްވަނަ ހޯދީ އަތޮޅުގެ ނުވަ ރަށުން ބައިވެރިކުރި 132 ކުދިންނާއި ވާދަ ކޮށްގެންނެވެ.

މި މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ ކެންދޫ ކައުންސިލުންނެވެ. ތިންވަނަ އަށް ދިޔައީ އޭދަފުށީ ކައުންސިލެވެ.

އޭދަފުށީ މަލްޓިޕާޕަސް ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި، އަތޮޅު ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ ހޯދި ދަރިވަރުންނަށާއި ކައުންސިލްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒާހިރު ވަނީ މިހާރަށްވުރެ ބޮޑަށް ފަރުވާތެރިވެ ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ދީނަށް ލޯބިކުރާ ދަރިވަރުންތަކެއް ބިނާކޮށްދެއްވުމަށް ބެލެނިވެރިންނަށާ މުދައްސިރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ހަމައެހެންމެ ކުދިންނަށް ކިޔެވުމުގައި ދިމާވާ ނާކާމިޔާބީގައި ހިތްވަރުދެރަ ނުކުރުމަށާ، ވަކިން ހާއްސަކޮށް ޤުރްއާން މުބާރާތްތަކުން ވަނަ އެއް ހާސިލް ނުވުމުން ފަހަތަށް ނުޖެހި އާހިތްވަރަކާއެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

މި މަހުގެ 29 އިން ފެށިގެން ރޭގެ ނިޔަލަށް، ކުރިއަށް ގެންދިޔަ މި މުބާރާތުން ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ކެންދޫ ޠަލަބަތުއްނޫރު ފައުންޑޭޝަންގެ ޢާއިޝަތު އީނާލު އާއި ތުޅާދޫ ސްކޫލުގެ ދަރިވަރު މުޢާން މުޢުތަސިމް މުޙައްމަދެވެ. ފޮތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އަމްނާއު އަހްމަދު ޝަހީދެވެ.

މި މުބާރާތަށް ހޮވާލެވުނު ދަރިވަރުންނަކީ ރަށްރަށުގެ ކައުންސިލުތަކުން ސްކޫލުތަކަށާއި އަމިއްލަ ޤުރްއާން ކިލާސް ތަކަށް ހުޅުވާލައިގެން ބޭއްވި ޤުރްއާން މުބާރާތް ތަކުން ހޮވާލެވުނު ދަރިވަރުންނެވެ.

އަތޮޅު ޤުރްއާން މުބާރާތް ބާއްވަނީ ގައުމީ ޤުރްއާން މުބާރާތުގައި ބ.އަތޮޅުން ބައިވެރި ކުރާނެ މޮޅު ކުދިން ހޮވުމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ގައުމީ ޤުރްއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top