ކޮވިޑާއި ގުޅިގެން މާލީ އެހީއަށް އެދުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި

big_CeAnZhw24lvbVrxYnEOqQG7ha.jpg

އިކޮނިމިކް މިނިސްޓަރާއި އެމިނިސްޓްރީގެ އިސް ބައެއް ބޭފުޅުން---ފޮޓޯ: އަވަސް

ކޮވިޑް- 19 އާ ގުޅިގެން މާލީ އެހީއަށް އެދުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ އިިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ބޭންކް ގުޅިގެން “ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ ކޮވިޑް-19އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ.

މި އެހީއަށް ޝަރުތު ހަމަވާ މީހުންނަށް 60،000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އެހީއެއް ދޭއިރު، އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުން ލާޒިމުކޮށްފައި ވެއެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާއިރު، 40 ޕަސަންޓް ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. މި އެހީއަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެހީއަށް ހުށަހެޅޭ ދާއިރާތައް

  • ކާބޯތަކެތި އުފެއްދުން
  • އަތްތެރި މަސައްކަތް
  • ބިއުޓީ އަދި މޭކަޕް ކުރުން
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް

އެހީއަށް ޝަރުތު ހަމަވާ ފަރާތްތައް

މިއަހަރުގެ ޖުލައި އެއްވަނަ ދުވަހާއި ހަމައަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން

އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ ހަތަރު ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން.

މި ޕްރޮގްރާމްގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް އާންމުކޮށްފައިވެ އެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާއިރު ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި ހުށަހެޅުންތަކާ މެދު އަމަލު ކުރެވޭ ގޮތް އާންމުކުރަމުންދާނެ އެވެ.

އެހީގެ ޕްރޮގްރާމަށް ކުރިމަތިލެވޭނީ މިމަހުގެ 31 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top