ބ.އަތޮޅު ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

157713320.jpg

ޑްރީމްލޭންޑް ރިސޯޓް --ފޮޓޯ :ބުކިންގ ޑޮޓްކޮމް

ބ.އަތޮޅު ހިރުންދޫގައި ހިންގާ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ

މިއަދު ހިނގި އެ ހާދިސާގައި ގެނބިގެން މަރުވީ އުމުރުން 67 އަހަރުގެ ޗައިނާ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ގެނބިގެން ދަރަވަންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމަކީ އާއްމު ކަމެކެވެ. ހާއްސަކޮށް، ގެނބިގެން މަރުވާ މީހުންގެ ތެރޭގައި ޗައިނާގެ މީހުން ގިނަ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ޗައިނާގެ ދެ ފަތުރުވެރިއަކު ވަނީ ގެނބިގެން މަރުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top