ފެންމީޓަރުން ނަގަމުން އަންނަ 30ރުފިޔާ ކަނޑާލަން ވާނީ އަންގާފައި : އެމްޑީ

NwoiCrmXRXBVf4nExLdG.jpg

މިހާރު ފެންމީޓަރު ތަކުން ނަގަމުން އަންނަ 30 ރުފިޔާ ކަނޑާލަން ކަމާ ބެހޭ ފަރާތަށް އަންގަވާފައިވާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ. މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި، ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯ އެކުލަވާލުމަށް ޓަކައި، މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި، ފެނުގެ ހިދުމަތް ބޭނުން ނުކުރާ ގޭގެއިންވެސް މެދު ނުކެނޑި ފެންމީޓަރަށް 30 ރުފިޔާ ނަގަމުން ގެންދާކަން ފާހަގަ ކުރައްވައި އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސޯބެގެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލު ވުމަަށްފަހު އެ 30 ރުފިޔާ ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ 30 ރުފިޔާ ނުނެގުމަށް ފެނަކައިގެ ބޯޑުން ހަތަރު މަހެއްހާ ދުވަސް ކުރިން ނިންމައި އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެކަމަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް، ދާއިމީ ހައްލެއް، ކުރިއަށް އޮތް ލޯކަލް އިންތިހާބުގެ ވޯޓަށް ދިއުމުގެ ކުރިން ލިބިގެންދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top