ގޯތި ދިނުން ލަސްވާތީ އިހުތިޖާޖަށް މަގުމައްޗަށް

viber_image_2024-08-25_21-53-36-834.jpg

އޭދަފުށިން ގޯތިދިނުން ލަސް ވާތީ އެކަން އަވަސް ކުރުމަށް ބާރުއެޅުމުމުގެ ގޮތުން ރޭ އޭދަފުށީގެ މަގުތަކުގައި އިހްތިޖާޖް ކޮށްފި އެވެ.

ރޭ މަގުތަކުގައި އިހްތިޖާޖް ކޮށްފައިމިވަނީ ކުރީރޭ ގޯތި ދިނުމާބެހޭ ގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށް ބޭއްވި ބައްދަލު ވުމުގައި ކުރިއެރުމެއް ނުލިބި ބޮޑު ހަމަނުޖެހުމަކަށް ގޮސްފައި ވަނިކޮށެވެ.

އޭދަފުށީގެ ބައެއް ޒުވާނުން މަގުތަކުގައި އިހްތިޖާޖް ކޮށްފައިވަނީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ބޯޑުތަކެއް ހިފައިގެންނެވެ. އެމީހުންގެ މައިގަނޑު ޑިމާންޑަކީ އޭދަފުށިން ގޯތި ނުވަތަ ފްލެޓް ދިނުން އަވަސް ކުރުމެވެ. މިއިހްތިޖާޖްގައި އެމީހުންވަނީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ކައުންސިލް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައިި ކަމަށާއި އެހެންކަމުން ހުރިހާ ކައުންސިލަރުންނާއި ކައުންސިލްގެ ރައީސްގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ.

”އަޅުގަނޑުމެން ބޭނުންވަނީ ހިޔާވަހިކަން. ފްލެޓް ކަމަށްވިޔަސް ގޯތި ކަމަށްވިޔަސް ކޮންމެ ގޮތެއް ވެސް އޯކޭ. އެހެންނަމެވެސް އަަހެރެމެންނަށް ތަންދޮރު އެނގެން ފެށިއްސުރެ އަބަދުވެސް ކިޔަމުން އަންނަ ލަވައެއް އެއީ ގޯތި ދޭ ވާހަކަ، ދުވަހަކުވެސް ހަގީގަތަކަށް ނުވި. އެހެންވެގެން އެންމެ ފަހުން މުޒާހަރާއަށް ނުކުންނަށް މަޖްބޫރުވީ.“ މުޒާހަރާގައި ބައިވެރިވި ޒުވާނަކު ބުުން ޏެވެ.

އެހެން ޒުވާނަކު ބުނީ ބިން ހިއްކިތާވެސް ދިހަ އަހަރުވެއްޖެ ކަމަށާއި ގޯތި ދޭން ހިއްކި ބިމަކުން ގޯތި ނުދީ އެގޮތަށް ވިނަފަޅާން ދޫކޮށްފައި އެވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

”ކޮންމެ އިންތިޚާބެއް އައިސް ކައިރިވުމުން ސަރުކާރުގެ އެކި ފެންވަރުގެ ވެރިން އައިސް ރައްޔިތުންނަށް އެބަ މަގު އޮޅުވާލާ އެތަން ދައްކާފައި. މާދަމާ ނޫނީ އަންނަ ހަފްތާގައި ގޯތި ދޭނެކަމަށް “އޭނާ ބުނީ ދެން އިތުރަށް އެކަކަށްވެސް ގޯތީގެ ކަންތަކުގައި ރައްޔިންނަށް އޮޅުވާލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

މުޒާހަރާ ރާވާ ފަރާތުން ވަނީ މިރޭވެސް މުޒާހަރާ އޮންނާނެ ކަމަށް އަންގާފައެވެ. އަދި ވީހާ ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމަށްވެސް މީސްމީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top