ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބޭންކުން ނިންމި ނިންމުމަށް ބަދަލު ގެނެސް ކުރިން އަމަލުކުރަމުން ދިޔަ ގޮތަށް އަމަލުކުރަން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ މިއަދު އިއުލާންކުރި ރާއްޖޭގެ ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓާ — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު އަނބުރާ ގެނެވިފައިވާ ކަމަށެވެ. މި ނިންމުމާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ސޯޝަލްމީޑިއާ އެކައުންޓުގައި ހާމަކޮށްފައެއް ނުވެ އެެވެ.
ނަމަވެސް ބީއެމްއެލުން މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އެ ނިންމުންތައް މުރާޖާ ކުރުމަށްފަހު، މިއަދު ގެނައި ބަދަލުތައް އުވާލައިފައެވެ.
ބީއެމްއެލުން ބުނީ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ އިރުޝާދުގެ ދަށުން ބަލައި، އެ ނިންމުންތައް އަނބުރާ ގެނެސްފައިވާ ކަމަށެވެ.