ހުއްދެ ނެތި މަޑަވެލިން ބ.ދޮންފަނަށް އައި މީހަކު ހައްޔަރު ކޮށްފި.

large_1599726486110jLO.jpg

ހުއްދަނެތި ގދ. މަޑަވެލިން ބ. ދޮންފަނަށް އައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މޮނީޓަރިން ހާލަތުގައި އޮތް މަޑަވެލިން ، ހުއްދަ ނެތި އަދި އެޗްޕީއޭގެ ގައިޑްލައިން އާއި ހިލާފަށް އެ ރަށުން ފުރައިގެން ބ. ދޮންފަނަށް އެރި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 19:20 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަޑަވެއްޔާ ކޯޒްވޭ އަކުން ގުޅާލާފައިވާ ހޯނޑެއްދޫ އިން ކޮވިޑް19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަލެއްގެ ގޮތުން މަޑަވެލި ވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. މި ހާލަތުގައި އެރަަށަށް ލަފާ ފުރޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.

މީގެ ކުރިންވެސް އުސޫލާ ހިލާފަށް ރަށްރަށަށް ދިޔަ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ މިވަގުތު ކޮމިޔުނިޓީ ސްޕްރެޑެއް އޮތް މާލޭ ސިޓީ އިން ރަށަށް ދިޔުމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގާ ރަށަށް ދިޔަ މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top