ޗައިނާ އިން ރާއްޖެ އަށް ސިއްހީ އިތުރު ސާމާނު ހަދިޔާކޮށްފި

EhitQw4UwAACy3s.jpg

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޗައިނާ އިން ރާއްޖެ އަށް އިތުރު ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ މި ތަކެއްޗަކީ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން ހަދިޔާކުރި ތަކެތި ކަމަށެވެ.

މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 20،000 މާސްކާއި، 500 ހަޒްމަޓް ސޫޓާއި، 10،000 އަންގި ކަަމަށެވެ.

ސަފީރު ވިދާޅުވީ މިއެހީއަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ޗައިނާ ސަރުކާރުންނާއި އެގައުމުގެ ކުންފުނިތަކުން މީގެކުރިން ރާއްޖެ އަށް ސިއްހީ ގިނަ ސާމާނުތައް ވަނީ ހަދިޔާކޮށްފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް 8834 މީހުން ޕޮޒިޓިވް ވެފައިވާއިރު، 6288 މީހުން ރަނގަޅުވެ، 31 މީހަކު ވަނީ ނިޔާވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top