ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ވިހި ސްކޮލާޝިޕް!

TvRSgzexcKKrio3QmmZUcM5it39vLm2o5hm9AITJ.jpg

ސަރުކާރުގެ ހަރަދުގައި 20 ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ފުރުސަތު މިއަދުހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި މިފުރުސަތުގައި ބުނެފައި ވަނީ މިސްކޮލާޝިޕަށް ހޮވޭ ފަރާތްތަކަށް އިނާޔަތްތައް ހަމަޖައްސައިދެވޭނެ ކަމަށެވެ.

މެލޭޝިއާގެ ޔުނިވާސިޓީއަކުން ހޯދި މި ފުރުސަތު ލިބޭ މީހުންގެ ކިޔެވުމުގެ ހަަރަދާއި، މުސާރައާއި އެއްވަރެއްގެ އެލަވަންސާއި، ދެކޮޅު ޓިކެޓް ދޭނެ ކަމަށް ބުނެފައިވެއެެވެ.

މިއީ މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާގެ ސްކޮލަރޝިޕް ތަކެކެވެ.

އެޑިއުކޭޝަން ގެ އިއުލާނުގައިވާގޮތުން ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭ ފަހު ވަގުތަކީ ޑިސެންބަރު 09 ވަނަ ދުވަހުގެ މެންދުރު 2:00އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ފުރުސަތެއް ހުޅުވާލާފައިވާއިރު ބައެއް ސްކޫލްތަކުގައި ޕްރިންސިޕަލުން ނެތުމާއި އަދި ބައެއް ސުކޫލުތަކުގައި ރާއްޖެއިން ބޭރު ޕްރިންސިޕަލުން ތިބޭކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top