ފާއިތުވީ ބޮޑު އީދަށް ފަހު އޭދަފުށީގައި އަނެއްކާވެސް ހަވާ އަރުވައިފިއެވެ.
މިރޭ އޭދަފުށީގައި ހަވާ އަރުވާފައި މިވަނީ ނިމިދިޔަ ބޮޑު އީދުގައި އޭދަފުށީގައި ބޭއްވި ލެވިސްތާ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ހޯދި ސައިނޯސާ ގެ ފަރާތުން އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. ސައިނޯސާއިން ރާވާފައި އޮތީ މިދިޔަ ހުކުރު ދުވަހުގެރޭ އޭދަފުށީ ރައްޔިތުންނަށް ދިން ޖާފަތާއެކު މި ޝޯވެސް ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މި ރެއަށް ލަސް ކުރީއެވެ.
މިދިޔަ ބޮޑު އީދުގެ މުނާސަބަތުގައި އޭދަފުށީ ކައުންސިލާ ރަށުގެ ބައެއް ޖަމިއްޔާތައް ގުޅިގެން ބޭއްވި ކުޅިވަރުތަކުގެ ތެރޭގައިވެސް އޭދަފުށީގައިވަނީ ހަވާ އަރުވާފައެވެ.