އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރާނަން: މިނިސްޓަރު އަމީން

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގެ އަގު ބޮޑު ކަމަށާއި އަގު ކުޑަ ކުރާނެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަނަކީ 2018 ވަނަ އަހަރާއި ހަމަޔަށް ސާފު ފައިދާ ހޯދަމުން އައި ކުންފުންޏެއް ނަމަވެސް، 2018 އާއި 2023 އާއި ހަމަޔަށް ވިޔަފާރި އޮތީ ވަރަށް ބޮޑު ތަންވެފައި ކަމަށެވެ.

”އައިލެންޑް އޭވިއޭޝަންގެ ނިޒާމަށް ބަދަލު ތަކެއް ގެނައުމުގެ ޕްރޮސެސް އެބަ ހިނގަމުންދޭ. އަޅުގަނޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ އައިލެންޑް އޭވިއޭޝަން 2018 ހަމަޔަށް ފައިދާ ވަމުން އައި ކުންފުންޏެއް. 2018 އާއި ހަމަޔަށް ހަމަޔަގީނުންވެސް ދައުލަތުގެ ޓެކްސް ޕޭޔާރ މަނީ ބޭނުން ކުރަން ނުޖެހޭ އަމިއްލަ ކުންފުންޏެއްގެ ހައިސިއްޔަތުން ހިނގަމުން ދިޔަ ކުންފުންޏެއް އެއީ،“. އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ސީ ޕްލޭން އޮޕަރޭޝަނާއި، އެއާ ބަސް އޮޕަރޭޝަންސް އޮތް ސެކްޓަރުތައް ވަނީ ހުއްޓިފައި ކަމުގައެވެ. އަދި ހަމަ އެއާއެކު އެއް ބޯޓުވެސް ގެންގޮސްފައިވާ ކަމަށާއި ސީޕްލޭންގެ ވިޔަފާރިވެސް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރި އުސޫލުން ހިންގަން ޖެހޭ ކުންފުންޏަކަށް ބަލާއިރުގައި ޚިދުމަތް މަދުވެފައި މުވައްޒަފުންވެސް ގިނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މިގޮތުން މިދިޔަ ހަފްތާގައި އައިލެންޑް އޭވިއޭޝަންގެ މެނޭމެންޓަށް ބަދަލުތަކެއް ގެންނަވާފައިވާ ކަަމަށް އޭނާ ވިދާޅުވިއެެވެ. މިއާއެކު އެ ކުންފުނިން ރިސްޓްރަކްޗާ ކޮށް، ކުންފުނީގެ މޭނޭޖްމެންޓަށް ބަދަލުތަކެއް ގެނައުމުގެ މަަސައްކަތް ކުރިއަށްދާ ކަަމަށް ވިދާޅުވިއެވެ.

މި ބަދަލުތައް އަތުވެއްޖެ ނަމަ އެތެރޭގެ އުދުހުންތަކުގެވެސް އަގުހެޔޮ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ދަތުރުތަކުގެ އަގުތަަކަށް ބަލާއިރު، މާލެ އިން ރާއްޖޭގެ އެންމެ އުތުރު ހއ. ހޯރަފުއްޓަށް، މޯލްޑިވިއަން އިން ކުރާ ދަތުރުގެ އަގަކީ 1،318ރ އެވެ. މާލެ އިން ހދ. ކުޅުދުއްފުއްޓަށް 1،464ރ ނަގާއިރު، މާލެ އިން އެންމެ ދެކުނު އައްޑޫ ސިޓީ ގަމަށް ކުރާ އެއްކޮޅު ދަތުރެއްގެ އަގަކީ 1،687ރ އެވެ. މާލެއިން ދަރަވަންދުއަށް ކުރާ ދަތުރުގައި އެއްކޮޅަށް އެންމެ ހެޔޮކޮށް ލިބޭ ޓިކެޓް ގެ އަގަކީ 850ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top