ހިސާން، ތުޅާދޫ ދާއިރާއަށް ވާދަނުކުރައްވާނެ

big_HJWFrWJDcqXNXJjdI0qxQiDpo.jpg

މަޖިލީހުގެ ޖަލްސާއެއްގައި ހިސާން --ފޮޓޯ: މަޖިލިސް

ތުޅާދު ދާއިރާގެ މެންބަރު ހިސާން ހުސެން، މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލިސް އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ހިސާން، މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ޕޯސްޓްގައި ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމުސީލުކުރަން ދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފައެވެ. އެކަމަކު، އަންނަ އަހަރުގެ މަޖިލީސް އިންތިޚާބުގައި ވާދަނުކުރާން ނިންމާފައިވާކަން ހިސާން ވަނީ އިއުލާނުް ކުރައްވައިފައެވެ.

“ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީއާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތިނުލާން ނިންމާފައިވާކަމުގައި ދަންނަވަން،” ހިސާން ވިދާޅުވިއެވެ.

”އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން،”

މަޖިލިސް އިންތިޚާބުގައި ވާދަނުކުރެއްވި ނަމަވެސް އެމްޑީޕީގައި ހުންނަވާނެ ކަމަށް ހިސާން ވަނީ ވިދާޅުވެފަ އެވެ.

ހިސާން އެންމެ ގިނަ ދުވަހު ޚިދުމަތްކުރީ ބަންޑާރަނައިބުގެ އޮފީހުގައެވެ. އޭގެ ފަހުން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވަނީ ރައީސް އޮފީހުގެ ލީގަލް ސެކެޓަރީކަން ކުރައްވައިފައެވެ. އޭގެ ފަހުން، އުފެދުނު ޕީޕީއެމްގެ ސަރުކާރުގައި ހައްޔަރުކުރި ގިނަ ސިޔާސީ ބޭބޭފުޅުންގެ ވަކީލެއްގެ ހައިސިއްޔަތުން ވެސް މުހިއްމު ގިނަ މައްސަލަތަކެއްގައި އޭނާ ވަނީ ވަކާލާތު ކުރައްވައިފައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top