ގަވާއިދާ ޚިލާފަށް އުޅުނު 82 ބިދޭސީން ބ.އަތޮޅުން އަތުލައިގެންފި

l_146928701522jran.jpg

ގަވާއިދާ ޚިލާފަށް އުޅެގެން ބ.އަތޮޅުން އަތުލައިގެންފައިވާ ބައެއް ބިދޭސީން . ފޮޓޯ : އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ބ. އަތޮޅުގައި އުޅުނު 82 ބިދޭސީން ، މޯލްޑިވްސް އިމިގްރޭޝަނާއި ބ.އަތޮޅު ކައުންސިލް އަދި ފުލުހުން ގުޅިގެންް ހިންގި ޚާއްސަ ރެއިޑް ޕްރޮގްރާމެއްގައި އަތުލައިގަނެ އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ބ.އަތޮޅުގައި ހިންގި ރެއިޑްޕްރޮގްރާމްގައި އޭދަފުށިން 26 ބިދޭސީންނާއި ތުޅާދޫން 24 އަދި ގޮއިދޫން 14ބިދޭސީންނާއި ދަރަވަންދޫން 18 ބިދޭސީން އެމުވައްސަސާގެ ބެލުމުގެ ދަށަށް މިހާރު ގެނެވިފައިވާކަމުގައެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބިދޭސީންގެ ތެރޭގައި ދަނޑުވެރިކަންކުރާ މީހުންނާއި ލިޔެލާޖެހުމުގެ މަސައްކަތްކުރާ މީހުންނާއި ފެހުމުގެ މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުން ހިމެނެއެވެ. މި މީހުންގެ އިތުރުން ގަވާއިދާ ޚިލާފަށް ބިދޭސީން ރެކްރޫޓްކުރާ ތިން ފަރާތެއްވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ތިން ބިދޭސީންނަކީ ގޮއިދޫއިން އަތުލައިގަތް މީހަކާއި  ތުޅާދޫއިން އަތުލައިގަތް މީހަކާއި ދަރަވަންދޫއިން އަތުލައިގަތް މީހެކެވެ. މިމީހުންގެ ތެރއިން ދަރަވަންދޫން އަތުލައިގަތް ބިދޭސީމހާ އަތުލައިގެންފައިވަނީ މިމީހާ ހޯދަންވެގެން އެންމެ ފުރަތަމަ ކުރި މަސައްކަތުން އޭނާ ހޯދާ ނުފެނިފައިވާތީ، ވަލުތެރޭގައި އޭނާ ފިލާއޮއްވާ ރައްޔިތުން ނުކުމެ ކުރި މަސައްކަތުންކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވައެވެ.

އަތުލައިގެންފައިވާ 82 ބިދޭސީން މިހާރު ވަނީ ހުޅުމާލެއަށް ގެންގޮސްފައިކަމަށް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ޚަލީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅެފައިވާ މީހުންގެ މައްސަލަ ބެލުމަށްފަހު ޑީޕޯޓް ކުރަންޖެހޭ މީހެއް ނަމަ ޑީޕޯޓް ކުރާނެކަމުގައެވެ.

ބ.އަތޮޅުގައި އިމިގްރޭޝަންގެ ފަރާތުން ރެއިޑް ޕްރޮގްރާމެއް ހިންގުމަށް އަމާޒުކުރީ ބ.އަތޮޅަކީ އަތްތެރިމަސައްކަތުގެ އަތޮޅަކަށްވެފައި ބިދޭސީން އެމަސައްކަތްތަކުގައި އުޅޭތީ ދިވެހި ވިޔަފާރިވެރިންނަށް ގެއްލުން ވަމުން ދާތީކަމުގައި ޚަލީލު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top