ތައިލެންޑު ކޯޗުގެ ގޭމަށް އޭދަފުށި އިތުބާރު ބޮޑުވެއްޖެ

b_202602090216591770585419.3643.jpg

އޭދަފުށީގެ ކޯޗު، ތައިލެންޑުގެ ސަންޓިޕާޕް ވަސަން (ބޮސް) --- ފޮޓޯ/ ހަމްދާން އަހުމަދު

ތައިލެންޑުގެ ސަންޓިޕާޕް ވަސަން (ބޮސް) ގެ ގޭމަށް ބ. އޭދަފުށި ރަނގަޅަށް ހޭނެމުން އަންނަ ކަމަށާއި، ސެމީ ފައިނަލަށް ނުކުންނަ އިރު، އެއީ ވަސރަޡށް ބޮޑު އިތުބާރެއް ކަމަށް އޭދަފުށީގެ ކީޕަރު އަބްދުالله ނާސިހް ބުނެފިއެވެ.

އޭދަފުށިން މިފަހަރުގެ މުބާރާތަށް ނުކުތީ ބިދޭސީ ކޯޗަކާއެކުގައެވެ. ބޮސްއަކީ މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 އަހަރުވީ ތާރީހުގައި ފެނިގެންދިޔަ ފުރަތަމަ ބިދޭސީ ކޯޗެވެ. ބ. އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯން ތިނެއްގެ ތަށި ވެސް އޭދަފުށިން މިހާތަނަށް ހޯދާފައިވާ އިރު، މިއަހަރު އޭދަފުށި ސެމީއަށް ދަތުރު ކުރީ ކުއާޓާ ފައިނަލްގައި ރ. ދުވާފަރު ބަލިކޮށްފައެވެ.

ކޯޗު ބޮސްއަކީ އޭއެފްސީ ލެވަލް، 1، 2 އަދި 3 ވެސް ފުރިހަމަކޮށްފައިވާ ކޯޗެވެ. ތައިލެންޑު އެފްއޭގެ ފުޓްސަލް އިންސްޓްރަކްޓަރު ކޯސް ވެސް ހަދާފައިވާ ކޯޗު ބޮސްއާއެކު އޭދަފުށިން އެޓީމުގެ ގޭމަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، އެޓީމަށް ވަނީ އިތުބާރު ހޯދިފައެވެ.

”މިހާރު ޓީމު އަންނަނީ އާ ކޯޗުގެ ގޭމަށް ވަރަށް ބޮޑަށް ހޭނެމުން. ހުރިހާ އެންމެންވެސް ޕްރެކްޓިސްތަކަށް ޖޮއިން ކުރެވުމާއެކު، ޓީމު ވަރަށް ރަނގަޅަށް މިހާރު މިއޮތީ. ގިނަ ފަހަރު އަހަރެމެން ހަމަ ކުއާޓާއިން މޮޅުވެގެން ފައިނަލް ކުޅެފައި ވަނީ، އެހެންވީމަ މިފަހަރުވެސް އުންމީދު މިކުރަނީ ފައިނަލަށް ގޮސް ތަށި ހޯދަން،“ މީގެ ކުރިން 2024 ވަނަ އަހަރު އޭދަފުށިން ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދި ޓީމުގެވެސް ކީޕަރު އަދި ކެޕްޓަން ނާސިހު ކުއާޓާއަށްފަހު ބުންޏެވެ.

މިއަހަރު މުބާރާތުގެ ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކުރުމުގެ އިތުރުން އޭދަފުއްޓަށް އެމެޗާއި ކުއާޓާ މެޗުގައިވެސް ޕެނަލްޓީއަށް ގޮސް ތަފާތު ދެއްކީ ބަދަލު ކީޕަރު މުހައްމަދު ޝާން އެވެ. ކީޕަރު ނާސިހު ބުނީ ޝާންއަށް ޓީމުގެ އިތުބާރު އަބަދުވެސް އޮންނަ ކަމަށެވެ.

”ބަދަލު ކީޕަރަށް ވަރަށް ބޮޑަށް އިތުބާރު އޮވޭ ޕެނަލްޓީއަށް. އެންމެފަހުން ކުޅުނު އަތޮޅު މުބާރާތަށްފަހު 100 ޕަސެންޓް އިތުބާރު އޮންނާނެ ކީޕަރަށް. ޕެނަލްޓީއަށް ގޮސްފިއްޔާ އޭނާ ނަގާނެ. އެ އިތުބާރު އޮވޭ. ކުޅުންތެރިންނަށް އެކަން ވަރަށް ބޮޑަށް ޔަގީންވެސް ވާނެ،“ ނާސިހު ފާހަގަކުރިއެވެ.

އޭދަފުށިން ސެމީގައި މިރޭ ނުކުންނާނީ މިދިޔަ އަހަރުގެ ފައިނަލަށް ދިޔަ ހދ. ނައިވާދުއާ ދެކޮޅަށެވެ. މިމެޗު އޮންނާނީ މިރޭ 8:00 ގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top