ކަރީނާ އާއި ސައިފް ސޮނެވާގައި

1535853957-uYKSDC-1.jpg

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަރީނާ ކަޕޫރާއި ސައިފް އަލީޚާން ދަރިފުޅު ތައިމޫރު އާއެކު ސޮނެވާ ފުށީގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

ބޮލީޥުޑް ޚަބަރު ތައް ބުނާ ގޮތުގައި ކަރީނާ ގެ އާއިލާ ފެމިލީ ވެކޭޝަން އެއްގައި ސޮނެވާ އަށް އައިސް ފައިވަނީ މިއަދު ހެނދުނު އެވެ.

ކަރީނާ އާއި ސައިފް ވަނީ މީގެ ކުރިން ވެސް ދެ ފަހަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވ. އެކަމަކު  ތައިމޫރު ލިބުނު ފަހުން މިއީ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި ދެމީހުން ރާއްޖެ އައިސްފައިވަނީ އައީ 2015 ގައެވެ.

ކަރީނާގެ އަންނަންހުރި ފިލްމު ތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ ދެ ފިލްމު ކަމަށްވާ “ގުޑް ނިއުސް” އާއި “ތަހުތު”ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ޖޫން މަހު ރިލީޒްކުރި “ވީރޭ ޑި ވެޑިން” އިންނެވެ.

ސައިފް އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ޖެނުއަރީގައި ރިލީޒްކުރި “ކާލަކާންޑީ”އިންނެވެ. އޭނާ މިހާރު އަންނަނީ “ހަންޓާ” ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top