މިފަހަރު ފުޓްބޯޅައެއް ނޫން. ރާޅާ އެޅުމުން ވެސް ވެލާ ސިޓީ އެއްވަނަ

4.jpg

މުބާރާތުގައި ރަން ވަނަ ތަކެއް ހޯދުމަށް ފަހު ވެލާސިޓިގެ ބައިވެރިން އެނބުރި ރަށަށް އައުމުން ޓީމަށް މަރުހަބާ ކިއުމުގައި

ވެލާ ސިޓީއިން ބޮޑު އީދުގައި އޮތް ފްރެެންޑްލީ ޔޫތު ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ލިބުމުގެ އުފަލާއި އެ މުބާރާތުގެ ހޫނުކަން ނުކެނޑެނީސް ސޮނެވާ ފުށި ރިސޯޓުގެ ފަރާތުން ބ.އަތޮޅަށް ހުޅުވާލައިގެން ގޮއިދޫގައި ބޭއްވި “ސޮނެވާ ސާފް ޕްރޯ” ބ. އެޓޯލް ސާފިން މުބާރާތުން އެ ގްރޫޕް ރަން ވަނަ ތަކެއް ހޯދައިފިއެވެ.

ވެލާސިޓީގެ ފަރާތުން މި މުބާރާތުގައި ބައިވެރިވެފައިވަނީ މުހައްމަދު ސަމާހު ،އިބްރާހިމް ޒައިން ،  މުހައްމަދު ސާމީ، މުހައްމަދު ޝާމް ،ހުމައިދު އަބްދުﷲ، އަހްމަދު ޖުމާންއެވެ.

ރާޅާ އެޅުމަށް މަޝްހޫރު ގޮއިދޫ އާއި ފެހެންދޫވެސް ބައިވެރިވި މި މުބާރާތުގައި ވެލާސިޓީގެ ސަމާހު ވަނީ  ރާޅާ އެޅުމުގެ 18 އަހަރުން މަތީގެ ބައިން އެއްވަނަ ހޯދާފައެވެ. އޭނާ އެއްވަނަ ހޯދީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އޮންނަ މިފަދަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރާ ގޮއިދޫގެ ހުނަރުވެރި ކައިޓް ސާފަރ، ހަސަން މާހިރު (ހަންޓޭ) ބަލިކުރުމަށް ފަހުއެވެ.

މި މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީން (18 އަހަރުން މަތި)ވެސް ކާމިޔާބު ކޮށްފައިވަނީ ވެލާ ސިޓީއެވެ. އޭދަފުށީ އިބްރާހިމް ޒައިން މި ކެތަގަރީ އިން އެއްވަނަ ހޯދި އިރު މުހައްމަދު ސާމީވަނީ 18 އަހަރުން ދަށުގެ ބައިން ދެވަނަ ހޯދާފައެވެ.

18 އަހަރުން ދަށުގެ ބައިން ގޮއިދޫގެ އަހްމަދު ޒާއިން އެއްވަނަ ހޯދިއިރު، އެންމެ އުއްމީދީ ރާޅާ އެޅުންތެރިޔާގެ މަގާމު ހޯދީ ފެހެންދޫގެ ހައިޝަމް ލަތީފެވެ.

މުބާރާތުގައި ބައިވެރިވި ކުދިން ރޭ އިރާކޮޅު ރަށަށް އެނބުރި އައުމުން ވެލާ ސިޓީގެ ފަރާތުން އެކުދިންނަށް ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ.

މި ކާމިޔާބާއެކު ވެލާ ސިޓީން ބުނަނީ މިމުބާރާތުގައި  ބައިވެރިވެ އޭދަފުއްޓަށް ރީތި ނަމެއް ހޯދައި ދެވުނީތީވެ އުފާ ކުރާ ކަމަށާއި ކުރިމަގުގައިވެސް މި ފަދަ މުބާރާތް ތަކުގައި ބައިވެރިވެ ރަށަށް ރީތި ނަން ހޯދައިދިނުމަކީ އެގްރޫފްގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top