މަސްތުވާ ތަކެތީގެ މައްސަލައެއްގައި ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރު ކޮށްފި

35081573_2101630860084147_8477391498063642624_n.jpg

މަސްތުވ ތަކެތީގެ މައްސަލައެއްގައި ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ހައްޔަރު ކޮށްފިކަމަށް ރާއްޖެ އެމްވީ އިން ބުނެފިއެވެ.

ރާއްޖެ އެމްވީގައި ޝާއިއު ކޮށްފައިވާ މި ޚަބަރުގައި ބުނާ ގޮތުން ސަމީރު ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 9 ޖަހާ އެހާކަށް ހާއިރުއެވެ.

ޚަބަރުގައި އިތުރަށް ބުނެފައިވަނީ ޕީޕީއެމް ޓިކެޓްގައި ކައުންސިލަށް ހޮވިފައިވާ ސަމީރު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ފެރީ ޓާރމިނަލް ތެރެއިން ކަމަށާއި ފުލުހުން އޭނާ ކައިރިއަށް ދިއުމުން އޭނާގެ އަތުގައި އޮތް ރަބަރު ޕެކެޓެއް އެއްލައިލި ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހާ ބުނި ކަމުގައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top