ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން މި އަހަރުވެސް އޭދަފުއްޓަށް

73091487_753454538433902_666760957938106368_n-1.jpg

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޓީމް އިވެންޓް ބައިން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކަްލބް އޭދަފުށި ހޯދައިފި އެވެ.

ކްލަބް އެދަފުށި ޗެމްޕިއްންކަން ހޯދާފައިވަނި ރޭ މާލޭގެ ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ފައިނަލް މެޗުގައި، ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުމެ ޔުނައިޓެދް ވިކްޓަރީ ބަލިކޮށްގެންނެވެ. މިމެޗުން އޭދަފުށި މެޗުން މޮޅުވީ ޓައިގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިދިޔަ އަހަރުވެސް އޭދަފުށި ވަނީ ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ހޯދައިފައެވެ. ހަމަ އެއާއެކު އެ ޓީމުން ވަނީ ފަސް ފަހަރު ބެޑްމިންޓަން އަތޮޅު ލީގުވެސް ކާމިޔާބުކޮށް ޖެހިޖެހިގެން ތިން އަހަރު މުބާރާތް ކާމިޔާބު ކުރުމަށްފަހު ތަށި މިލްކު ވެސް ކޮށްފައެވެ.

މި މުބާރާތުގައި ދެން ކުރިއަށް ދާނީ އޯޕަން އިވެންޓުގެ ކުޅުމެވެ. މި އިވެންޓް ގައިވެސް ކްލަބް އޭދަފުށީގެ ބައެއް ކުޅުންތެރިން ވާދަކުރާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top