ކަރަންޓީން ވާންޖެހޭ މުއްދަތަށް ލުޔެއް!

big_9s6XHf9iMtfp6hE3b1XqpqroE.jpeg

ޑރ. ނަޒްލާ

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަރަންޓީނު ކުރަން ޖެހޭ މުއްދަތު 10 ދުވަހަށް ކުޑަކުރަން ނިންމައިފިއެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު އޮންނަ އުސޫލަކީ ކޮވިޑް-19 ގެ އަލާމާތެއް ނުފެނުނު ނަމަވެސް ކޮވިޑް ޖެހޭ މީހުން 14 ދުވަހަށް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުން ކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނު ވާންޖެހޭ މުއްދަތު 10 ދުވަހަށް ކުޑަކުރަން ނިންމާއިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން 10 ދުވަސް ކަރަންޓީނު ކުރަން ނިންމި ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

ނަޒްލާ ވިދާޅުވީ، ފަސް ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހެދުމަށްފަހު އެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަވެސް ކަރަންޓީނުން ދޫކޮށްލާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top