ދަރަވަންދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކޮށްފި

1550059739-1.jpg

ރައީސުލްޖުމްހޫރިއްޔާ ، ދަރަވަންދޫ ކައުންސިލާއި ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ބ.ދަރަވަންދޫ ކައުންސިލްގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ބައްދަލު ކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަު ހެނދުނު އޮތް މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށް ހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ. 

މީގެ އިތުރުން ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ގާއިމުވެފައި ނެތުމުން ދިމާވެފައިވާ އުނދަގޫތައް ހިއްސާ ކުރެވުމުގެ އިތުރުން ރަށުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ގާއިމުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ބަނދަރުގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައް ވެސް ކައުންސިލުންވަނީ ރައީސް އާއި ހިއްސާކުރައްވާފައެވެ. 

ކައުންސިލް މެންބަރުން ރައީސްގެ ސަމާލު ކަމަށް ގެންނެވި ކަންތަކުގެ ތެރޭގައި ދަރަވަންދޫ އެއާޕޯޓު މިހާރަށް ވުރެ ތަރައްގީ ކޮށްދެއްވުމަށާއި ކަރަންޓުގެ ދަތިތަކާއި، ރަށުގައި މިވަގުތު ގެދޮރު ދޫކުރެވެން ނެތުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތަކާއި ފުޓްސަލް ދަނޑުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ވެސް ކައުންސިލުގެ ފަރާތުން ވަނީ ދަންނަވާފައެވެ. 

ދަރަވަންދޫ ކައުންސިލްގެ މެންބަރުންގެ ވާހަކަތައް އެއްސެވުމަށްފަހު ، ދަރަވަންދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top