އެސްޓީއޯއަށް 10000 އަކަފޫޓްގެ ބިމެއް އޭދަފުށިން ހޯދަން އެދިއްޖެ

އެސްޓީއޯ އޭދަފުށީ ބިލްޑިންގްކައިރިން ބަޔަކު ހިނގާފައިދަނީ. އެސްޓީއޮއަށް އިތުރު 10000އަކަފޫޓްގެ ބިމެއް އޭދަފުށިން ހޯދުމަށް ވަނީ އެދިފައި / އީވީ ފައިލް ފޮޓޯ

އެސްޓީއޯ އޭދަފުށީ ބިލްޑިންގްކައިރިން ބަޔަކު ހިނގާފައިދަނީ. އެސްޓީއޮއަށް އިތުރު 10000އަކަފޫޓްގެ ބިމެއް އޭދަފުށިން ހޯދުމަށް ވަނީ އެދިފައި / އީވީ ފައިލް ފޮޓޯ

ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން “އެސްޓީއޯ”އަށް 10000 އަކަފޫޓްގެ ބިމެއް އޭދަފުށިން ހޯދުމަށް އެކުންފުނިން ،އޭދަފުށީ ކައުންސިލްގައި އެދިއްޖެއެވެ.

އެސްޓީއޯއިން މިކަމަށް އެދިފައިމިވަނީ އޭދަފުށީ ރައްޔިތުންނަށް ގޭސްވިއްކުމަށް 6 މަސްދުވަހުގެ މުއްދަތަށް ބާއިންޖީނުގޭ ގޯތިން ބައެއް އެއްވެސް އަގަކާނުލާ އެސްޓީއޯއަށް ދިނުމަށް ކައުންސިލުން މިދިޔަ ޖޫންމަހު ނިންމައިފައިވަނިކޮށެވެ. އޭދަފުށީ ކައުންސިލުން ބުނީ 10000އަކަފޫޓްގެ ބިމަކަށް އެސްޓީއޯއިން އެދިފައިވަނީ، މިރަށުގައި ގޭހުގެ އިތުރުން، ހިލަ، ހިލަވެލި އަދި ސިމެންތިއާ، ބޭސްރައްކާކޮށް ވިއްކުމުގެ މަސައްކަތަށްކަމަށެވެ.

ކައުންސިލްގެ ރައީސް އަލީ ވަހީދު ރޭ އީވީއަށް ވިދާޅުވީ މިމައްސަލަ ކައުންސިލްގެ ޖަލްސާއަކަށް ވަރަށް އަވަހަށް އެޖެންޑާކުރާނެކަމަށާ، ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމަކަށްވެސް މަޝްވަރާކޮށް އެކަށީގެންވާ ގޮތްތަކެއް ހަމަޖެހޭތޯ ބައްލަވާނެކަމަށެވެ.

“ދެންއޮންނަ ޖަލްސާއަކަށް މިމައްސަލަ އެޖެންޑާކުރާނަން. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ ރައްޔިތުންނަށް ފައިދާވާގޮތަށް ކުރެވޭ މިފަދަ ކަންކަމަށް ގަވާއިދު ތަންދޭގޮތަކުން ބިންދެވެން އޮތްތޯބަލައި، އެކަން ކުރުމަކީ. އެހެންވިމާ، ކައުންސިލުން ނިންމައިފިއްޔާ އެކަން އެގޮތަށް ކުރެވޭނެ” އަލީ ވަހީދު ވިދާޅުވިއެވެ.

ބ. އަތޮޅުގެ ރައްޔިތުންނަށް ކާޑާއި އާންމުބައެއް ސާމާނު ވިއްކުމަށްޓަކައި މީގެ ވިއްސަކަށް އަހަރުކުރިން ފެށިގެން އޭދަފުށީގައި އެސްޓީއޯގެ ފިހާރައެއް ހިންގަމުންގެންދެއެވެ. ހަތަރުބުރިއަށް ހަދާފައިވާ މިއިމާރާތްހުރި 3000 އަކަފޫޓަށްވުރެ ބޮޑު ބިމަކީ އަކަފޫޓަކަށް 1.50 ރ ގެ ރޭޓުން ކުއްޔަށްދޫކޮށްފައިވާ ބިމެއްކަމަށް ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top