އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ބޮޑުކޮށްފި

ހހހހ.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ.

މިކަމާގުޅިގެން އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް އުފުލެމުން ދާތީވެ މިަދުން ފެށިގެން ތެލުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދު ފެށިގެން ޕެޓްރޯލް ލިޓަރެއް ލިބޭނީ 16.55 ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް 16.77 ރ. އަށެވެ.

މިބަދަލާއި އެކު ޕެޓްރޯލް ލިޓަރަކުން 2.17 ރުފިޔާ ބޮޑުވެފައިވާއިރު ޑީސަލް ލިޓަރަކުން ބޮޑުވީ 1.75 ރުފިޔާ އެވެ.

އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މާޗް މަހުގެ ތެރޭގަ އެވެ. އެދުވަހު އިއުލާން ކުރީ ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.60ރ. އަށް އަދި ޑީސަލް ލިޓަރެއްގެ އަގަކީ 14.80ރ. ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު މިންވަރަކަސް އުފުލެމުން ދާއިރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އަރައިފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top