އަންހެނެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހާއަށް ދައުވާ ކޮށްފި

big_Y5NBDKRKBYhsfWxke1QX2Vgwl.jpg

ގއ.ވިލިނގިލި

އަންހެނެއްގެ އަތުގައި ދަތް އެޅުމަށްފަހު އިނގިލިން ބައެއް ބުރިކޮށްލި މީހާއަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

މި މައްސަލައިގައި މިމަހުގެ ހަވަނަ ދުވަހު ދައުލަތުން ދައުވާކޮށްފައި ވަނީ ގ. ޗެރީހައުސް، އަލީ ހަސަންގެ މައްޗަށެވެ. މިދިޔަ މަހުގެ ދެވަނަ ދުވަހު އޭނާ ވަނީ ހުއްދަ ނުހޯދާ ވިލިނގިލީ ގެއަކަށް ވަދެ، އެގޭގައި ތިބި މަޔަކާ މާރާމާރީ ހިންގައި އަންހެނެއްގެ އަތުގައި ދަތް އެޅުމަށްފަހު އިނގިލި ބުރިކޮށްލާފަ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ، އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ އެވެ.

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަތްކަން ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ގައިގައި އަތްލުމުގެ ކުށް ސާބިތުވެއްޖެނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނައިރު، އަނިޔާއެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

މިދިޔަ މޭ މަހު އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާމެދު ވަކި ގޮތެއް ކަނޑައެޅުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުގެ ހުރުމަތް ކަނޑައިގެން 150 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ހުކުމް ކުރިއެވެ. މީގެ އިތުރުން ޝަރިއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުން އެދި މިމަހުގެ 7ވަނަ ދުވަހު ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އަޑުއެހުން މި މަހުގެ 13ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top