މިއަހަރުގެ އޯލެވެލް އިމްތިހާނު ނިންމާލައިފި

C5fPxQxUwAEhPUR.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

މި އަހަރުގެ ކޭމްބްރިޖް އައިޖީސީއެސްއީ، އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ނިންމާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ އޯލެވެލް އަދި އައިޖީސީއެސްއީގައި ޖުމުލަ 236 ސެންޓަރަކުން 5،936 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އެސްއެސްސީ އިމްތިހާނުގައި 233 ސެންޓަރަކުން 5،640 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

މި އިމްތިހާނުތައް މިއަދު ނިމިފައިވާއިރު، ކޭމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އިމްތިހާނު ކުރިޔަށް ގެންގޮސްފައިވަނީ 13 އޭޕްރީލް 2022 އިން 10 ޖޫން 2022 ގެ ނިޔަލަށެވެ. އަދި އެސްއެސްސީ އިމްތިހާނު ކުރިޔަށް ގެންގޮސްފައިވަނީ 01 ޖޫން 2022 އިން 06 ޖޫން 2022 އަށެވެ.

ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، ދެން އޮންނާނީ އިމްތިހާނުތަކުގެ ނަތީޖާ ދޫކުރުން ކަމަށެވެ.  އިމްތިހާނުތަކުގެ ނަތީޖާ ދޫކުރަން ހަމަޖެހިފައިވަނީ 29 އޯގަސްޓް 2022 ގައެވެ.

އެ އިދާރާއިން ބުނީ، އެ ތާރީހުން ފެށިގެން 3 ހަފްތާގެ މުއްދަތުގައި، ޓެސްޓް ޕޭޕަރުތަކުގެ ރީޗެކަށް އެދެވޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top