އުނޫޝާ އާއި ޝާން ގެ ”ދިލް އުޅޭޔާ“ ނެރެފި

capture-28.jpg

މަޝްހޫރު، ހިންދީ ލަވަކިޔުންތެރިޔާ ޝާންއާއެކު ދިވެހިރާއްޖޭގެ މޮޅު ލަވަކިއުންތެރިންގެ ތެރޭގައި ހިމެނޭ މަރްޔަމް އުނޫޝާ ކިޔާފައިވާ ދިވެހި /ހިންދީ ލަވަ، ދިލް އުޅެޔާ މިއަދު މެންދުރު ރިލީސް ކޮށްފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ދެ ރިސޯޓްގައި ޝޫޓްކޮށްފައިވާ މި ލަވަ ޝާންގެ އޮފިޝަލް ޔޫޓިއުބް ޗެނަލްގައި ރިލީސް ކުރުމާއެކު 3 ގަޑިއިރުގެ ތެރޭގައި މި ލަވައަށް ހަތްހާހަށް ވުރެ ވިޔު ލިބިފައިވެއެވެ. ލަވައަށް ކޮމެންޓް ކުރި އެންމެންވެސް މި ދެ ފަންނާނުންގެ މޮޅުކަމަށް ތައުރީފް ކުރަމުން، އުނޫޝާގެ ހިންދީ ބަސް ބޭނުން ކުރުމުގައި އައިބެއް ނެތް ކަމަށާއި، ޝާން ދިވެހި ބަހުން ކިޔާފައިވާ ތަންކޮޅުގައިވެސް އައިބެއް ނެތްކަން ފާހަގަ ކޮށްފައި ވެއެވެ.

އުނޫޝާ ވަނީ މީގެ ކުރިންވެސް ބޮލީވުޑްގެ ފިލްމްތަކަށް ލަވަ ކިޔާދީފައެވެ.

އޭނާ އެންމެ ފުރަތަމަ ބޮލީވުޑްގެ ފިލްމަކަށް ލަވަކިޔާދީފައިވަނީ ޕޫޖާ ބަޓްގެ ފިލްމް ޖިސްމް 2 އަށެވެ. އެއީ 2012ވަނަ އަހަރު ކިޔާފައިވާ ހޭވައްލާ އެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު ވެސް ބޮލީވުޑްގެ އިތުރު ފިލްމަކުން ލަވަކިޔުމުގެ ފުރުސަތު ލިބުނެވެ. އެއީ ވެސް ޕޫޖާ ބަޓް އޭނާއަށް ދިން ފުރުސަތެކެވެ.

“ދިލް އުޅެޔާ” ނެރެފައި ވަނީ ޝާން މިއުޒިކްގެ ފަރާތުންނެވެ. ލަވަ ކޮމްޕޯޒް ކޮށްފައިވަނީ ޝާން އެވެ. އަދި ލަވައިގެ ހިންދީ ލިރިކްސް ލިޔުނީ ރާޖޭސް މަންތަންއެވެ.

ލަވައިގެ ދިވެހި ލިރިކްސް ލިޔެފައި ވަނީ އަހްމަދު އަބްދުލް ގަނީ (ތޭރާ)އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top