74 އެސްޖީން ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފި

ކައުންސިލް.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

ރަށްރަށުގެ ކައުންސިލްތަކަށް ބޭނުންވާ ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) ހަމަނުވެގެން 74 ރަށަށް އެސްޖީ އިން ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

އޭދަފުށީ ކައުންސިލަށްވެސް އެސްޖީއަކު ހޯދަން އިއުލާނު ކުރުމުން އެކަމަށް ތަރުހީބު ނުލިބުމުން މިއަދު އަނެއްކާވެސް ވަނީ އިއުލާނު ކޮށްފަ އެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.

ރަށު ކައުންސިލުތަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން ފުރަތަމަ އިއުލާނު ކުރީ މިއަހަރުގެ ޖޫން މަހު 20 ގައެވެ.

ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރާ ރަށު ކައުންސިލް އިދާރާގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީއާއެކު ހަތަރު އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑީގްރީއަކާއެކު މަގާމުގެ މަސައްކަތާގުޅޭ ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.

އަތޮޅު ކައުންސިލް އިދާރާގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީއާއެކު ހަ އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއާއެކު މަސައްކަތާ ގުޅޭ ހަ އަހަރުގެ ތަޖުރިބާ އެވެ. އަދި ސިޓީ ކައުންސިލްގެ އެސްޖީއަކަށް ބެޗްލާސް ޑިގްރީއާއެކު މަގާމުގެ މަސައްކަތާ ގުޅޭ އަށް އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއާއެކު ހަ އަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130ރ. އެވެ. އެ މަގާމަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލު އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top