ރުބީނާ، ވައްކަރުގައި

p8mfb1m_rubina_625x300_29_September_21-1.jpg

ޓީވީގެ ޝޯތަކުން މަޝްހޫރު ކަން ހޯދުމުގެ އިތުރުން ދިވެހިންގެ މެދުގައިވެސް މަގުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ކާމިޔާބުކުރި ރުބީނާ ޑިލައިކް ޗުއްޓީ ހޭދަކުރުމަށް ބ.އަތޮޅުގައި ހިންގާ ވައްކަރު މޯލްޑިވްސް ރިސޯޓަށް އަތުވެއްޖެ އެވެ.

ރުބީނާ އާއެކު އޭނާގެ ފިރިމީހާ އަބީނާވް ޝުކުލާވެސް ވަނީ ރާއްޖެ އައިސްފައެވެ.

ރުބީނާގެ ދެމަފިރިން އެކުގައި ރާއްޖޭ އައިސްފައި މިވަނީ އަބީނާވްގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ.

ވައްކަރު މޯލްޑިވްސް ރިސޯޓުގައި ރުބީނާ ޗުއްޓީ ހޭދަކުރަމުން އަންނައިރު އެ ރިސޯޓުގައި އަބީނާވްގެ އުފަން ދުވަސް މިހާރުވަނީ ފާހަގަ ކޮށްފަ އެވެ.

ރުބީނާގެ އިންސްޓަގްރާމް ސްޓޯރީގައި ފިރިމީހާ އަބީނާވް ޝުކުލާގެ އުފަން ދުވަހުގެ ކޭކު ފަޅާތަން ދައްކާ ވީޑިއޯއެއް އޭނާ ހިއްސާ ކޮށްފައިވެ އެވެ. އަދި ވައްކަރު ރިސޯޓުގައި ކަންތައްތައް އިންތިޒާމު ވެފައިވާ ފުރިހަމަ ކަމުން ރިސޯޓުގެ މުވައްޒަފުންނަށް ޝުކުރު އޭނާ އަދާކޮށްފައިވެ އެވެ.

“ބިގް ބޮސް 14” އިން ލިބުނު މަޝްހޫރުކަމާ އެކު ރުބީނާ މިހާރު އަންނަނީ ބޮލީވުޑް ގައި މަސައްކަތް ކުރަމުންނެވެ. ރުބީނާ ވަަނީ ކަލާޒް ޓީވީ އިން ގެނެސްދީފައިވާ ބައެއް ޑްރާމާ ތަކުގައިވެސް ބަތަލާއެއްގެ ރޯލު އަދާ ކޮށްފަ އެވެ.

ރުބީނާ އެކޭ އެއްފަދައިން އަބިނާވް އަކީ ވެސް ޓީވީ ޑްރާމާތަކުގެ އިތުރުން ބޮލީވުޑް ގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި “ލުކާ ޗުއްޕީ” އާއި “އަކްސަރު 2” ފާހަގަކުރެވެ އެވެ. އޭގެ އިތުރުން މިދިޔަ އާދީއްތަ ދުވަހު ކަލާޒް އިން ނިންމައިލި “ހަތުރޯން ކޭ ކިލާޅީ 11” ގައި ވެސް އޭނާ ވާދަކުރި އެވެ.

ކޮވިޑްގެ ހާލަތު ހަމައަކަށް އެޅުމުން އަންނަ މިދަނޑިވަޅުގައި އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު ބޮލީވުޑުގެ ގިނަ ތަރިން ދަނީ ރާއްޖެ އަންނަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top