މިހާތަނަށް އޭދަފުށީގައި ބޭއްވޭ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ފަށައިފި

0-02-06-d338ca7692673bad02159b5483965dcda3cfc04a8cbbefd123e6c42f8f33705a_c5edbb08.jpg

މިހާތަނަށް އޭދަފުށީގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމުތައް ހުށައެޅިފައިވާ ޤުރުއާން މުބާރާތް، އޭދަފުށީގައި ރޭ ފަށައިފިއެވެ.

އޭދަފުށީ ދެވިނަގޭ ޢަބްދުއްރަޙްމާން ޙަސަންގެ ހަނދާނުގައި އެ އާއިލާގެ ފަރާތުން ބާއްވާ މި މުބާރާތުގައި އެއްވަނައަށް އަންނަ ފަރާތަކަށް ނަގުދު ފައިދާގެ ގޮތުގައި ބައިލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މި މުބާރާތް އަންހެން، ފިރިހެން ވަކިން ހަތަރު ކެޓަގަރީއަކަށް ބަަހާލާފައިވާ އިރު މިއިން ކޮންމެ ކެޓަގަރީ އަކުން ހޮވޭ ގަދަ 5 އަށް ވެސް އަގުބޮޑެތި އިމާނާމުތަކެއް ކަނޑައަޅާފައިވާ ކަމަށް އެއާއިލާއިން މައުލޫމާތު ދެއެވެ.

މުބާރާތުގެ ބައެއް ބައިވެރިން

މި މުބާރާތުގައި ސަތޭކައާއި ގާތްކުރާ އަދަދަކަށް އުމުރުން ފަސް އަހަރުން ފެށިގެން 60 އަހަރާ ދެމެދު ގެ މީހުން ބައިވެރިވުމަށް އެދިފައިވެއެވެ. ނަމަވެސް މުބާރާތަށް މީހުން ހޮވާފައިވާނީ އޮޑިޝަނެއް ބާއްވައިގެން 60 މާކްސް ކަށަވަރުކުރި މީހުންނެވެ. އެގޮތުން 69 ބައިވެރިން މި މުބާރާތުގައި ވާދަކުރެއެވެ.

ރެއިން ފެށިގެން ކުރިއަށް ދާ މިމުބާރާތުގެ ފަޑިޔާރުކަން ކުރައްވަނީ މަޝްހޫރު ޤާރީން ކަމުގައިވާ ޤާރީ އަޙްމަދު ތަވްފީޤް އާއި ޤާރީ އިބްރާހިމް ޝިފާއު ގެ އިތުރުން ޤާރީ އަހްމަދު ރިޔާޒު އެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ މާދަމާ ހަވީރު ނުވަތަ މާދަމާ ރޭ ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top