އިރުގެ އަލިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުގައި އޭދަފުށި

b_wRu2RvhTniwtlTV5duX189d7E.jpg

ރާއްޖޭގައި 11 މެގަވޯޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވޭ ހަ ރަށުގެ ތެރޭގައި އޭދަފުށި ހިމެނިފައިވާ ކަމަށް އެންވަޔަރންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ އެކްސްލަރޭޓިން ސަސްޓެއިނަބަލް ޕްރައިވޭތު އިންވެސްޓުމަންޓް އިން ރިނިއުވަބަލް އެނާޖީ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި 11 މެގަވޮޓު ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް ހަ ރަށެއްގައި ޕަވާ ޕާޗޭސިން އެގްރީމަންޓުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވާ ޗައިނާ ހުއަޑޮންގ އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާ އާ އެވެ.

މިމަޝްރޫއުގެ ދަށުން ރާއްޖޭގެ ސިޓީތައް އެކުލެވޭހެން ޖުމުލަ ހަ ސަރަހައްދެއްގައި 11 މެގަވޯޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވޭ އިރު މިއީ ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވާސިލުވުމަށް ކުރެވޭ ދަތުރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށް ޝައުނާ ވިދާޅުވިއެވެ.

“މި މަޝްރޫއުގެ ދަށުން އިއާދަ ކުރަނިވި ހަކަތައިން އަހަރަކު 18 މިލިއަން ކަރަންޓު ޔުނިޓު އުފެއްދޭނެ. މިއީ ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތް ކުރެވޭނެ ޕްރޮޖެކްޓެއް. މިކަމުގެ ސަބަބުން މިހާރުގެ ތެލުގެ އަގު ހުރި މިންވަރަށް ބަލާފައި އަހަރަކު ގާތްގަނޑަކަށް 55.5 މިލިއަން ދިވެހި ރުފިޔާ ދައުލަތުން ތެލަށް ހޭދަކުރާ މިންވަރުން ކުޑަކުރެވޭނެ. އޭގެ މާނައަކީ ފަސް އަހަރުތެރޭގައި ދައުލަތުން ތެލަށް ހޭދަކުރާ މިންވަރު އެންމެ މަދުވެގެން 225 މިލިއަން ރުފިޔާ އަށް ކުޑަކުރެވޭނެކަން.” މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ސޯލާ ޕީވީގެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމާ އެކު ބެޓެރި ސިސްޓަމްވެސް ގާއިމުކުރެވިގެން ކަމަށާއި އެ އެއްޗިހި ހޯދަން މިހާރު މިނިސްޓްރީން އިއުލާނު ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައުނާ ވަނީ އެ ޕްރޮޖެކްޓްގެ ހިންގަން ވޯލްޑް ބޭންކުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

ސަރުކާރުން ސޯލާ ވީޕީގެ ނިޒާމު ގާއިމުން ކުރަން ނިންމާފައިވަނީ އޭދަފުށީގެ އިތުރުން އައްޑޫ ސީޓި އާއި ފުވައްމުލައް ސިޓީ އާއި ކުޅުދުށްފުށީ ސިޓީއާއި ގދ. ތިނަދޫ އާއި ޅ. ހިންނަވަރު ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top