ހަނދު ސާބިތު ކުރުމުގެ ޖަލްސާ ހުކުރު ދުވަހުގެ ރޭ

handhu3.jpg

ރޯދަ ހަނދު ސާބިތުކުރުމުގެ ޖަލްސާ ، އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފި އެވެ.

އަހަރީ ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

މިނިސްޓްރީން ބުނީ އެހެން އަހަރަކުތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ޖެހޭނީ މާލޭގައި ނަމަ ކޯޓެއްގެ ޤާޒީއެއްގެ ކުރި މަތީގައި ކަމަށެވެ. ރާއްޖެތެރޭގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގަ އެވެ. އަދި މެޖިސްޓްރޭޓް ކޯޓެއް ނެތް ރަށެއް ނަމަ އެ ރަށެއްގެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިމަތީގަ އެވެ.

ރާއްޖޭގައި އާންމުކޮށް ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެ އަށް ހަނދު ނުފެނިއްޖެ ނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމް ބޮޑެތި ގައުމަތަކުން ހަނދު ފެނުމާ ގުޅޭ ގޮތުން ނިންމާ ނިންމުން ތަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top