ރޯދައަށް ހަނދު ސާބިތުކުރުން އަންނަ ހޮނިހިރުދުވަހު

Ramadan_025b.jpg

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތުކުރުން އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެފިއެވެ.

މާލެއިން ހަނދު ފެނުނު މީހަކު ނުވަތަ ދުށް މީހާގެ ހެކިބަސް ދޭން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިިމަތީއެވެ. އަތޮޅު ތަކުގައިނަމަ އެ ރަށެށްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކުރިމަތީ ހެކިބަސް ދެވޭނެއެވެ.

އަދި ހެކިބަސް ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މައުލޫމާތުތައް އެ ހެކިބަސް ދޭ މީހާއަށް ދެވެން ވާނެކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެއެވެ.

ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން އިސްލާމީ މަރުކަޒުގައި ބާއްވައެވެ. ރޯދައަށް ހަނދު ސާބިތު ކުރުމުގައި އިސްލާމީ އެހެން ގައުމުތަކުން ހަނދާބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށްވެސް ބަލައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top