ލޮޓަސް ފިހާރައިގެ ރޯދަހަދިޔާ : ކޮންމެގެއަކަށް ފަސްޕެކެޓް ބާސްމަތީ ހަނޑޫ

basmathi_rice.jpg

ހޯލްސޭލް ވިޔަފާރީގައި މާލޭގެ މަޝްހޫރު، ލޮޓަސް ފިހާރައިގެ ފަރާތުން އޭދަފުށީ ދާއިރާގެ ތިން ރަށްކަމުގައިވާ އޭދަފުއްޓާއި ހިތާދޫއާއި މާޅޮހަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ފަސްޕެކެޓް ބާސްމަތީ ހަނޑޫ ދޭން ނިންމައިފިއެވެ.

ލޮޓަަސް ފިހާރައަކީ 19ވަނަ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ކުރިމަތިލެއްވި މއ.އެވަރގްލޯރީ އަހުމަދު އާރިފް (އާއްޓޭ )ގެ ފިހާރައެކެވެ.

ލޮޓަސް ފިހާރައިން ބުނީ ‘ލޮޓަސް ސުޕަރ ބާސްމަތީ ރައިސް ‘ގެ 5 ޕެކެޓް ހަނޑޫ، މިދާއިރާގެ ތިން ރަށުގެ ކޮންމެ ގޭބިސީއަކަށް ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އެގޮތުން މިއަދު ވަނީ އޭދަފުށީގެ ގިނަ ގޭގެއަކަށް ހަނޑޫ ދިފައެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ދާއިރާގެ ތިން ރަށަށް ވެސް ހަނޑޫ ބަހައި ނިންމާނެކަމަށް ލޮޓަސް ފިހާރައިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top