މިއަދުގެމެޗް އޭދަފުށި ކާމިޔާބުކުރީ މޮޅަށްކުޅެގެން- ހިންނަވަރުކޯޗް

Eyd-footbaill-team.jpg

މިއަދުގެ މެޗްގައި ބައްދަލުކުރި އޭދަފުށި ޓީމް . ފޮޓޯ: އީޓީ

މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ޒޯން 3ގެ ފުރަތަމަ މެޗްގައި މިއަދު އޭދަފުށްޓާއި ހިންނަވަރު ބައްދަލު ކުރި މެޗް ބޮޑުތަފާތަކުން އޭދަފުށި މޮޅުވީ މޮޅަށް ކުޅެގެން ކަމުގައި ހިންނަވަރު ކޯޗް އަބްދުއަރަހްމާން މުހައްމަދު (ރެޓޭ )ބުނެފިއެވެ.

ރެޓޭ ބުނީ މެޗްފެށުމާއެކުވެސް އޭދަފުށި މޮޅުވާނެކަން އެނގުނު ކަމަށާއި އެހެން ކަމުން ބޮޑަށް ބެލީ ގިނަ ލަނޑުތަކެއް ބައިކޮޅަށް ނުވަންނާނެ ގޮތަކަށްޓީމް އިންތިޒާމު ކުރުމަށް ކަމުގައެވެ.

މިއަދުގެ މެޗް އޭދަފުށި ކާމިޔާބުކޮށްފައިވަނީ 6-1ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މުޅި މެޗަށް ބަލާއިރު މިއަދުގެ މެޗް މުޅިންހެން ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ އޭދަފުށި ކަމުގައި ފާހަގަ ކުރެވުނެވެ. ފުރަތަމަ ހާފް ނިމުނުއިރު މެޗްގެ ނަތީޖާ 2-1ގައި އޮތްނަމަވެސް ދެވަނަ ހާފްގައި އޭދަފުށީކުޅުންތެރިންގެ އަސްލުކުޅުން ފެނިގެން ދިޔައެވެ.  ލިބުނު ގިނަ ފުރުސަތު ތަކުގެ ބޭނުން  ނުކުރެވި ދިއުމާއެކުވެސް ނަތީޖާގެ ފަރަގު ބޮޑުކުރަމުން ގެންދިޔައެވެ.

މިއަދުގެ މެޗްގައި އޭދަފުށި ޓީމްގެތަރިންގެ ގޮތުގައި ހިމެނެނީ މުޅި މެޗްގައިވެސް އެންމެ މޮޅަށް ކުޅުނު ސައްޓުއާއި އާދަމް ނިޒާމްގެ އިތުރުން މަޖިއްޓޭއާއި މުހައްމަދު ރިޔާޒުއެވެ. ޓީމަށް6 ލަނޑު ކާމިޔާބުކޮށްދިނީ މި ކުޅުންތެރިންނެވެ.

މިމުބާރާތުގެ މެޗެއް ދެން އޮންނާނީ ޑިސެމްބަރު5ވަނަ ދުވަހު ހިންނަވަރުގައެވެ. މި މެޗްގައި ބައްދަލުކުރާނީ ހިންނަވަރާއި ދުވާފަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top