ބ.އަތޮޅުގެ ބައޮސްފިއާ މަޝްރޫއު ކާމިޔާބު: މިނިސްޓަރ ތޯރިގު

l_144897289322vA8j.jpg

ޓޫރިޒަމް މިނިސްޓރ އަދި އެންވަޔަރަންމަންޓް މިނިސްޓރ ބައަސްފެއާ ސްޓޭމްޕްސެޓް ނެރެދެއްވަނީ. ފޮޓޯ: ސަން އޮންލައިން

ބ.އަތޮޅުގައި ކުރިއަށްގެންދާ ބައޮސްފިއާ މަޝްރޫއަކީ ކާމިޔާބު މަޝްރޫއެއްކަމަށާއި އެމަޝްރޫއުގެ ތަޖްރިބާއަށް ބަލައިގެން އިތުރު އަތޮޅުތަކުގައި ބަޔޯސްފިއާރިޒާވް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގްއިބްރާހީމް ވިދާޅުވެއްޖެއެވެ.

ބ.އަތޮޅު ޔުނެސްކޯފިއާ ރިޒާވުން ތައްޔާރުކުރި ސްޓޭމްޕްސެޓަކާއި ޕޯސްޓްކާޑްނެރުމަށް އެންވަޔަރން މަންޓް މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބައޮސްފިއާރިޒާވްގައި ހިމެނޭ ނުވަ ސަރަހައްދުގެ ތެރެއިން މިހާރު މެނޭޖްއޭރިއާއެއްގެ ގޮތުގައި ކުރިއަށްދަނީ ބ.ހަނިފަރު އެކަނި ކަމަށްވިޔަސް ބައޮސްފިއާ އިތުރަށް ތަރައްގީކޮށް އެ ކޮންސެޕްޓް ބޭނުންކޮށްގެން އިތުރު ސަރަހައްދުތަކުގައި މަސައްކަތް ފެށުމަށް މަސައްކަތްކުރަމުން އަންނަކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ މި އިފްތިތާހްކުރެވުނު ސްޓޭމްޕްސެޓުގެ ސަބަބުން ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަށް ފައިސާ ވަންނާނެ އިތުރު ގޮތްތަކެއް ފަހިވެގެން ދާނެކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަމުގައެވެ.

“އަޅުގަނޑުމެން މިހާރުވެސް އެތަނުން އެއް ސަރަހައްދު މި މެނޭޖްކުރަނީ ދުނިޔޭގެ ކުރިއަރާފައިވާ ތަންތަންވެސް ބަލަހައްޓާ ގޮތަށް. އެތަނަށް ލިބޭ އާމްދަނީ އާންމުންނަށް ލިބޭގޮތް ހަދަން ފަންޑެއް ހުޅުވައި، އެތަންތަން ބަލަންދާ ޓޫރިސްޓުންނާ، ޑައިވްކުރަންދާ ފަރާތްތަކުން ނަގާ ފީވެސް ޖަމާކުރަނީ އެ ފަންޑަށް. ހަމަ އެގޮތަށް އެހެން ޒޯންތައްވެސް އަޅުގަނޑުމެން އަދި މެނޭޖްކުރަން ފަށާނަން. ބައޮސްޕިއާ ރިޒާވް ރާއްޖޭގައި އިތުރުކުރުމަކީ މުހިއްމު ކަމެއް. މިއީ އަޅުގަނޑުމެންނަށް އިގްތިސޯދު ހީވެސް ނުކުރާހާ ބޮޑަށް މަތިކޮށްލެވޭނެ ކަމެއް،” ތޯރިގް ވިދާޅުވި އެވެ.

ބަޔޮސްފިއާ ރިޒާވަކީ އެތަނެއްގައި ދިރިއުޅެމުންދާ އިންސާނުންނަށް ލިބިފައިވާ މައުލޫމާތާއި ސަގާފަތާ އާދަކާދައިގެ އިތުރުން ގުދުރަތީ ވަސީލަތްތަކާ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެތަނެއް ތަރައްގީވެ ކުރިއަރައިގެން ދެވިދާނެކަންދައްކުވައިދޭ ނަމޫނާ ސަރަހައްދުތަކުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ސަރަހައްދު ތަކެވެ.

ބައޮސްފިއާ ރިޒާވްގެ ގޮތުގައި ބ އަތޮޅުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މައިގަނޑު ތަންތަނަކީ :

– ހަނިފަރު (ވަށައިގެންވާ ފަރާއެކު)
– ދިގަލިހާ އަދި ދިގަލިހާ ގިރި ފަރު
– އަނގަފަރު (ދޮންފަނު ތިލަ އަދި ދިގުތިލަ އާ އެކު)
– އޮޅުގިރި، ގޮއިދޫ ކޯރު ސަރަހައްދު
– ނިބިލިގާރަށް، މާހުރަވަޅި، ބަތަލާހުރާ
– މަތިފަރު ހުރާ

މި ސަރަހައްދުތަކަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިއްސާ އެނޫންވެސް އެހެން ސަރަހައްދުތަކުން މަދުން ފެންނަ ކަނޑުގެ ދިރުންތައް ގިނައިން ހުންނަ ސަރަހައްދުތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top